g
ރޭދުވާ ތަކުރާރުވުން ޙިކުމަތްތެރި ގޮތެއްގައި ފިކުރުވެރިންނަށް ދެއްކެވި އެންމެ
ކުޅަދުންވަންތަ ޖައްލަ ރައްބީއަށް އެންމެ އެކަށޭނަ ބަސްތަކުން ޙަމްދު ޘަނާ
ދަންވަން (.) އިސްލާމީ ރިސާލަތު އަދާ ކުރެއްވުމަށްޓަކައި ކީރިތިﷲ މިއުއްމަތަށް
ފޮނުއްވި ކައުސާހިބާ މުޙައްމަދުއްޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާ
ސަލާމްލެއްވުން އެދި ދުޢާކުރަން (.) މިޞަލަވާތާ ސަލާމުގައި އިތުރު
އެކަލޭގެފާނުންގެ އާލު އަޞްޙާބުން ޝާމިލްކުރަން (.)
ހެނދުނުގެ ހިތްފަސޭހަ ވަގުތުގައި މި އިޙްތިފާލު ކުރެވޭ
އެސެމްބްލީގެ އެންމެހާ ބައިވެރިން(.) އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ
ވަބަރަކާތުހޫ(.)
އާދެ! ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން އެމީހުންގެ
ގޮތްތައް ބަދަލުކޮށް މުޅިން އެހެން ބަޔަކަށް ވުމަށް މެދުވެރިވީ، މިރާއްޖެއަށް އައި
ބުޑިސްޓް ސިންގަޅައިންނާ އޭގެ ގާތްގަނޑަކަށް އެއްހާސް އަހަރުފަހުން އައި މުސްލިމު
ވިޔަފާރި ވެރިންކަމުގައި ތާރީޚް ހެކިދޭ(.) މިމުހިއްމު ދެބައިމީހުން އައުންވީ
މިހާރު މިތިބަ ދިވެހިބަހުން ވާހަކަ ދައްކާ ދިވެހީންގެ އުފަންވުންކަމުގައި(.) އިސްލާމްދީން
....
އާދެ! ރާއްޖޭގެ ބައެއްރަށްރަށުން ފެންނަންހުރި
އާޘާރުތަކުންނާއި، ތާރީޚީ ހެކިތަކުން ހާމަވާގޮތުގައި އެވޭލާ ޒަމާނުގައި
ރާއްޖޭގައިއޮތީ ބުދުދީން(.) މިދީން ރާއްޖެއަށް އައި، ދުވަސްވަރެއް ސީދާ ތާރީޚުން
އެނގެން ނެތްނަމަވެސް އީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ
މާކުރިންވެސް ރާއްޖޭގައި ބުދުދީން އޮތްކަމަށް ވަރަށްގިނަ މުއައްރިޚުން ބަޔާން
ކުރައްވާފައިވޭ(.) މިކަމުގެ ހެކިތައް ދެކުނުގެ ރައްރަށުން ފެންނާންހުރި
ބުދުފައްޅިތަކާއި ދާގަބާތަކާއި
ހަވިއްތަތަކުން ރަމްޒުކޮށްދޭ (.)
ޖަހާލަތާއި ޝިރުކުކުރުމުގެ ނުބައި ކަމުގެ ތެރޭގައި
ދިވެހިން ވަނިކޮށް، އިސްލާމްދީނުގެ ހިދާޔަތު ދިވެހިންނަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2
ވަނަ ދުވަހު (.) މީލާދީން 1153 ވަނައަހަރު(.) މިދުވަހަކީ އޭރުހުންނެވި ރަދުން
ތީމުގޭ މަހާކަލަމިންޖާ ފުރިހަމަނަމުންނަމަ ސްރީ ތިރިބަވަނަ މަހާރަދުން
އިސްލާމްދީން ޤަބޫލުކުރެއްވި ދުވަސްކަމެއް ނުވަތަ ރާއްޖޭގެ އެންމެން އިސްލާމްދީން
ޤަބޫލުކުރި ދުވަސްކަމެއް އެނގޭކަށްނެތް(.) އިސްލާމްވެ ވަޑައިގަތުމަށްފަހު
އެރަދުންގެ ނަންފުޅަކީ އައްސުލްޠާން މުހައްމަދު ބިން ޢަބުދުﷲ ސިރީ ބަވަނާދީއްތަ
މަހާރަދުން (.) އާދެ! އަޅުގަނޑުމެން އެންމެންވެސް ދަންނަ ދަރުމަވަންތަ ރަސްގެފާނު(.)
ކޮންމެއަކަސް ރާއްޖޭގެ ހުރިހާ ރައްރަށެއްގެ
އަހުލުވެރިން އިސްލާމްދީން ޤަބޫލު ކުރުމަށްޓަކައި 20 އަހަރާ 40 އަހަރާ ދެމެދުގެ
މުއްދަތެއް ހޭދަވިކަމަށްވޭ(.) މިހާ ދިގުމުއްދަތެއް މިކަމަށް ހޭދަވުމުގައި
އެދުވަސްވަރުގެ މުއާޞަލާތީ ޙާލަތުއޮތްގޮތް ސަބަބަކަށްވުމީ އެކަށީގެންވާ ކަމެއް
ކަމުގައި ތާރީޚު ޢިލްމުވެރިން ބަޔާންކޮށްފައިވޭ(.)
އަބުލްބަރަކާތުލް ބަރުބަރީ މިކަލޭގެފާނަކީ
ހިޖުރައިން 6 ވަނަ ސައްތައިގެ ތެރޭގައި އިސްލާމްދީނުގެ ނަމާއި ޢިއްޒަތް ދުނިޔޭގެ
ހަތަރު ބިތުގައި މަތިވެރި ކުރެއްވެއްވި ބޭކަލުންގެ ތެރެއިން ބޭކަލެއް (.)
އާދެ! '' ތަންޤީހުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ
ތަންތަންކޮޅު '' މިފޮތުގައި ސުއްމުވުލްއަމީރު މުޙައްމަދު އަމީން ލިޔުއްވާފައިވާ
ގޮތުގައި އަބުލްބަރަކާތުލް ބަރުބަރީގެފާނަށް ރާއްޖޭގެމީހުން އިސްލާމް ކުރެވުނީ
ވަރަށް މަސައްކަތާއި ހިއްމަތުން (.) އޭނާ ދުރުވެ ރާއްޖޭގެ ރައްޔިތުންނަށް
އިސްލާމްދީނަށް އެނބުރުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ފުރަތަމަ ދިނީ ބީރު
ކަންފަތެއް (.) އޭނާގެ އަގުހުރި ނަޞޭޙަތްތަކުންނާއި، މަތިވެރި ވަޢުޒު ތަކުން
ރާއްޖޭގެ ރައްޔިތުންނަށް ފުރަތަމަ އެއްވެސް އަސަރެއް ނުކުރި (.) އޭނަގެ
ގޮވާލެއްވުމަށް ރާއްޖޭގެ ރައްޔިތުން ވިސްނުމުގެ ނަޒަރެއް ހިންގާލިކަމުގައި
ބެލެވެނީ އެތައް ކަރާމާތްތަކެއް ދެއްކުމަށްފަހު(.)
އާދެ! އިސްލާމްވެ ވަޑައިގަތުމަށްފަހު އައްސުލްޠާން މުހައްމަދު
ބިން ޢަބުދިﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނު ރަސްކަން ކުރައްވަމުން ގެންދެވީ
އަބުލްބަރަކާތުލްބަރުބަރީގެފާނުގެ ލަފާފުޅުގެމަތިން(.) ނަމަވެސް
މާގިނަދުވަސްތަކެއްނުވެ އެކަލޭގެފާނު މާތްﷲގެ ޙަޟްރަތަށް ދަތުރުކުރައްވައިފި (.)
ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ
މާލޭގެ މެދުޒިޔާރަތް ހުރިތަނުގައި (.)
އަބުލްބަރަކާތުލްބަރުބަރީގެފާނު އަވަހާރަ
ވުމަށްފަހުގައިވެސް މިރަދުން 13 އަހަރު ވަންދެން އިސްލާމްދީންނުގެ މަތީގައި ރަސްކަން
ކުރައްވާފައިވާކަމަށް ތާރީޚުގައި ލިޔެފައިވޭ (.)
ދިވެހި ރާއްޖެ އިސްލާމްވުމަކީ ރާއްޖޭގައި ކުރިން
އޮތް ޘަޤާފަތާއި އާދަކާދަތަކަށް ވަރަށްބޮޑު ބަދަލުތަކެއް އައިކަމެއް(.) އެގޮތުން
ޚާއްޞަކޮށް ދިވެހިންނަށް ކިޔާ ނަންތައް އިސްލާމީ ނަންތަކަށް ބަދަލުވުން
ފާހަގަކުރެވޭ (.) ނަމަވެސް ކުރީގެ ނަންތައް އިސްލާމީ ނަންތަކަށް ބަދަލުވީ އެތައް
އަހަރުތަކެއްގެ ފަހުން(.) އާދެ! އިސްދޫ ލޯމާފާނުގެ ލިޔުންތަކުން އެނގޭ ގޮތުގައި
ރަސްމީގޮތުން ރާއްޖެއިސްލާމްވެ ސާޅީހަކަށް އަހަރުވީއިރުވެސް އެޒަމާނުގެ ނަންތަކުގެ
ތެރޭގައި ޢަރަބިނަންތައް ލިޔެވިފައެއް ނުހުރޭ (.)
މާތްވެގެންވާ އިސްލާމްދީނާއެކު ދިވެހި ބަހަށާއި
ދިވެހިންގެ އާދަ ކާދައަށް ވަރަށްބޮޑެތި ބަދަލުތަކެއް އައި (.) ޢަރަބި އަކުރު
އުނގެނުމާއި، އަރަބި ލަފުޒުތަކާއި ފާރިސީ ލަފުޒުތައް ދިވެހިބަހަށް ތަޢާރަފުވުން
މިގޮތުން ފާހަގަކުރެވޭ(.) އަދި ޢަދުލު އިންޞާފުގެ ކަންތައްތައް އިސްލާމީ ޝަރީޢަތާ
އެއްގޮތަށް ހިންގަންފަށައި، ޢަރަބި ތަޢުލީމަކީ ދިވެހިންގެ ތެރޭގައި އެންމެ
މަޤްބޫލު ތަޢުލީމުކަމުގައި ވެގެންދިޔަ(.)
އިސްލާމްދީނުގެ އެންމެ މުޤައްދަސް ފޮތްކަމުގައިވާ ކީރިތި
ޤުރުއާން އޮތީ ޢަރަބި ބަހުންކަމަށްވާތީ ދިވެހީން ޢަރަބިބަހަށް ދެމުން ގެންދިޔައީ
ވަރަށްމަތިވެރި ގަދަރަކާ ލޯތްބެއް(.)
ޤުރުއާން ފަހުމުކޮށް ދެނެގަތުމަށްޓަކައި ޢަރަބިބަސް އުނގެނުމުގެ
ޝައުޤުވެރިކަން ބޮޑުވެގެންދިޔަ(.) ނަމަވެސް މިފަހަކަށް އައިސް ހުޅަނގުގެ ތަހުޒީބީ
އޮއިވަރުގައި ދިވެހިން ޖެހުމުގެ ނަތީޖާއަކަށްވީ މިކަންކަން މިހާރު ބަދަލުވެގެން
ދިއުން (.) އިނގިރޭސި ބަހުގެ ނުފޫޒުގަދަވެގެން ދިއުން (.)
ކޮންމެއަކަސް ރާއްޖެ އިސްލާމްވުމުގެ އުފާވެރިކަން އިޙްތިފާލްކުރާ
މިމުހިއްމު ޙަފްލާގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ އަޅުގަނޑުމެންގެ
ކިބައިގާވާ އިސްލާމީރޫޙް މަތިވެރިކުރުން(.) އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤު
އިސްލާމީ ގިއުގަނޑަށް ފެތޭގޮތަށް ބައްޓަން ކުރުން(.) ދީނީ ކަންކަމަށް
އަޅުގަނޑުމެންދޭ ސަމާލުކަމާ ޝައުޤުވެރިކަން އިތުރުކުރުން(.) ހުޅަގުން އިރުމައްޗަށް
ދެމެމުން އަންނަ ލާދީނީ އޮއިވަރުގައި ނުޖެހި އަޅުގަނޑުމެންގެ އީމާންކަން
ރައްކާތެރިކުރުން(.) ޚުދު! އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފުސުގެ ފާރަވެރިން
ކަމުގައި ވެގެން ތިބުން(.)
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ
ހިތްތަކުގައި އީމާންކަމުގެ ރޫޙު މަތިވެރި ކުރައްވާށި(.) އަޅަމެންގެ ހިތްތަކުން
އީމާންކަމުގެ ނޫރު ނެތިގެން ދިޔަ ނުދެއްވާށި(.) އަޅަމެން އިސްލާމްދީންމަތީގައި
ސާބިތުވެ ތިބުމުގެ އާރާއި ބާރު ދެއްވާށި إِنَّ الدِّينَ عِندَ
اللّهِ الإِسْلاَمُ (.) إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ (.) إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ(.) ވައްސަލާމްޢަލައިކުމް
ވަރަޙްމަތުﷲ ވަބަރަކާތުހޫ(.)
No comments :
Post a Comment