ސްކޫލު ދައުރުގައި އިތުރު
ޙަރަކާތްތަކުގައި ބައިވެރި ވުމަކީ މުސްތަޤުބަލަށް ފައިދާ ހުރި ކަމެއްހެއްޔެވެ؟
ޢިލްމު އުނގެނުމުގެ ނިޢުމަތް އަޅަމެންނަށް
މިންވަރު ކުރެއްވި ﷲ ސުބްޙާނަހޫ ވަޠަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން (.) އެންމެ
ޙަލާލުކަން ބޮޑު އެއްޗަކީ ތިމާ އަމިއްލަޔަށް ކުރާ މަސައްކަތުން ހޯދާ ލިބިގެންފި
އެއްޗެއްކަމަށް އެންގެވި ސާހިބާ މުޙައްމަދު (ޞޢވ) އަށް ޞަލަވާތާއި ސަލާމުން ވެދުން
ކުރަން (.) އަދި މި ޞަލަވާތުގައި އެކަލޭގެފާނުގެ އިތުރު ޢާލުންނާއި މިތުރު
ސަޙާބީން ޝާމިލްކުރަން (.) އިންސާފަށް ލޯބިކުރައްވާ ފަނޑިޔާރުން(.) މުބާރާތް
އަޑުއެއްސެވުމަށް ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން(.) އަދި އަޅުގަނޑެކޭވެސް
އެއްފަދައިން މުބާރާތުގައި ވާދަކުރާ އެކުވެރި ކިޔަވާކުދިން(.) އައްސަލާމު
ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހު
އާދެ! ކޮންމެ އިންސާނަކުވެސް ކާމިޔާބަށް
ވާޞިލްވުމަށްޓަކައި ޢިލްމު އުނގެނުން ވަރަށް މުހިއްމު(.) ޝައްކެއްނެތްގޮތުގައި ޢިލްމުގެ
ތެޜޭގައި މަޢުލޫމާތާއި ހުނަރުވެސް ހިމެނޭ (.) އެގޮތުން ސުކޫލުތަކަކީ މިދެންނެވި
ޢިލްމާޢި ހުނަރު ލިބިގަތުމަށް އޮތް އެންމެ އެކަށޭނެ މާޙައުލު(.) މުސްތަޤުބަލް
އާރާސްތުކުރުމަށް އެންމެ ބޮޑަށް އެހީވެދޭ
އެއް ތަން (.) އާދެ، މިއަދު އަޅުގަނޑަށް ވާހަކަދައްކަން ލިބިފައިވާ މަޢޫޟޫއަކީ
ސްކޫލް ދައުރުގައި އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަކީ މުސްތަޤްބަލަށް
ފައިދާހުރިކަމެއްހެއްޔެވެ؟(.) އެގޮތުން އަޅުގަނޑު އަޑަށް ބާރުލާފައި ބުނެލަން
ބޭނުންވަނީ ޝައްކެއް ވަސްވާހެއް ނެތްގޮތުގައި މިއީ މުސްތަޤްބަލަށް ވަރަށްވެސް
މުހިއްމު ކަމެއްކަމުގައި(.)
އާދެ އަޅުގަނޑު މިހެން މިދަންނަވަނީ
ސަބަބުތަކެއް ނެތިއެއް ނޫން (.) ރާއްޖޭގެ ކުރީގެ ތަޢުލީމީ ވަޒީރުކަން
ކުރައްވާފައިވާ ޒާހިޔާ
ޒަރީރު ހާމާކުރައްވާ ގޮތުގައި ސްކޫލް ކުދިންނަކީ ކިޔެވުމުގެ
އިތުރަށް އިތުރު ހަރަކާތްތަކުގައި ބައިވެރި ނުކޮށް ބައިތިއްބަން ޖެހޭ ބައެއް ނޫން (.) ވަރަށްވެސް ބޮޑު ތެދެއް. އެހެން ނޫންތޯ!(.) މަދަރުސާއަކީ،
ހަމައެކަނި ޢިލްމު އުނގަންނައިދޭ މަރުކަޒެއްނޫން (.) ހަޤީޤަތުގައި، މަދަރުސާއަކީ،
ޢިލްމުގެ އިތުރުން އިންސާނާގެ ޝަޚުޞިއްޔަތާއި ހެދިބޮޑުވުމަށް ބޭނުންވާ އެހެނިހެން
ބަހާތަކަށް ތަމްރީނާއި ތަރުބިއްޔަތު ލިބިދޭންޖެހޭ ގޮވައްޗެއް (.) މިގޮތުން ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި، މިކަމަށް، ސަމާލުކަމެއް
ނުދެޔޭ ބުނެވޭނެ ޖާގައެއް ނެތް (.) އަދި
ކިޔެއްތަ، އެހެން ބުނުންވާނީ، ގޯހަކަށް (.)ކުރިން
ބުނެވުނު ފަދައިން މަދަރުސާތަކުގައި ހިންގާ ތަފާތު ކުޅިވަރު ހަރަކާތްތަކަކީ،
އިންސާނާގެ ހެދި ބޮޑުވުމާއި ޝަޚްޞިއްޔަތު ފުރާފުރިހަމަކުރުމުގެ މަޤްޞަދުގައި
ހިންގޭކަންކަން(.) މިކަންކަމުގެ ސަބަބުން މުސްތަޤްބަލަށް ނުހަނު ފައިދާ ކުރަނިވި
ކަންކަން(.)
މީގެ
އިތުރުންވެސް ސުކޫލް މާޙައުލަކީ ތަފާތު ހުނަރުތައް ދަސްވާ މާޙައުލެއް (.) އެގޮތުން ސުކޫލުގައި ބޭއްވޭ މިފަދަ ވާހަކަދެއްކުމުގެ
މުބާރާތްތަކުގެ ސަބަބުން ،
މީހުންނާ މުޢާމަލާތް
ކުރުމަށް ދަސްވޭ(.) ބަހުސް މުބާރާތްތަކާއި ތަފާތު
ޑްރާމާ ތަކުގައި ބައިވެރިވުމުގެ ސަބަބުން ކުއްޖާގެ ކެރުންތެރިކަން އިތުރުވެ
ވަޒީފާގެ މައިދާނަށް ނިކުންނައިރު މީހުންނާއި މުއާމަލާތް ކުރުމަށް އިތުރަށް
ފަސޭހަވެގެންދޭ.(.) އެހެންކަމުން މިއީވެސް ސްކޫލުތަކުގައި ހިންގޭ އިތުރު
ޙަރަކާތްތަކުގެ ސަބަބުން މުސްތަޤްބަލަށް ލިބިގެންދާ ފަހިކަމެއް އެހެންނޫންތޯ؟(.)
ނިކަން ވިސްނާލައްވާ! (.) އަޅުގަނޑުމެންގެ
މަދަރުސާތަކުގައި ސަމާލުކަން މިދެވެނީ، މައިގަނޑު ދެ ކަމަކަށް (.) އެއީ
ތަޢުލީމު ދިނުން ނުވަތަ
އުނގަންނައިދިނުމާއި ހަށިގަނޑުގެ ތަރުބިއްޔަތު ނުވަތަ އިތުރު ޙަރަކާތް ތަކަށް (.) ނަމަވެސް، ނަފުސާނީ ޢިލްމުވެރިން
ވިދާޅުވާގޮތުގައި، އިންސާނާގެ 'ޝަޚުޞިއްޔަތު' ފުރިހަމަވެ، ހެދިބޮޑުވުމަށްޓަކައި ފުރިހަމަވާން
ޖެހޭ އެއްކަމަކީ އޭނާގެ ހަށިގަނޑު ފުރާފުރިހަމަވުމެވެ (.) މިކަން ޙާޞިލްވާނީ، ޙަރަކާތްތެރިވެ
އުޅުމުގެ ތެރެއިން ނުވަތަ 'ސައިކޯމޯޓަރ ޑޮމެއިން' ގެތެރެއިން(.) މިއީ، ކުރިން ބުނެވުނު ހަޢިގަނޑުގެ
ތަރުބިއްޔަތުގެ މަޤްޞަދް (.) ކުއްޖާ ޙާރަކާތްތެރި ކުރުވުމަށް ފުޓުބޯޅަ، ވޮލީބޯޅަ އަދި
ނެޓްބޯޅައިގެ މުބާރާތްތައް ބޭއްވުމުގެ ސަބަބުން އިތުރު ހުނަރުތައް ކުދިންނަށް
ދަސްވޭ (.) އަދި، 'ކެޑޭޓް'، 'ސްކައުޓް' އަދި 'ގާލްގައިޑް' ފަދަ ޙަރަކާތްތަކުން
ކުދީންނަށް ލިބިދޭ ހުނަރަކީވެސް، މިދަނޑިވަޅުގައި ހަނދާން ނައްތާލައިގެން ވާނެ
ކަމެއް ނޫން (.) ނަތީޖާއެއްގެ ގޮތުން އެފަދަ ހުނަރުތަކުގެ ބޭނުން ކޮށްގެން މުސްތަޤުބަލުގައި
ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތަކަށް ގޮސްގެން ބައިވަރު ޒުވާނުން އަމިއްލަ
ފައިމަށްޗަށް ތެދުވާތަން އަޅުގަނޑުމެންގެ ލޯމައްޗަށް މިއަދު މިދަނީ ފެންނަމުން (.) މިއީ ހައްތަހާވެސް އިތުރު
ޙަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ކުދިންގެ މުސްތަގުބަލަށް ކުރާ ހެޔޮ
އަސަރު(.)
ޚުލާޞާކޮށް ބުނާނަމަ، އަޅުގަނޑުމެންގެ
ތަޢުލީމީ ނިޡާމު ބިނާވެފައި އޮންނަންޖެހޭނެ އަސާސަކީ، ހަމައެކަނި 'ތަޢުލީމު' އޭގެ
ހަނި ދާއިރާގައި ކަމަށްވެގެން ނުވާނެ (.) ތަޢުލީމާއެކު، ތަމުރީނު އަދި ފުޅާމާނާގައި ތަރުބިއްޔަތު
ނުދެވޭނަމަ، ތަޢުލީމީ ނިޡާމުން އުފެއްދޭ ދަރިވަރުންނަކީ، ޢިލްމުހުރިނަމަވެސް،
ޙިލްމެއްނެތް، އަދަބެއް އަޚްލާޤެއް އަމުދުން ނެތް ބަޔަކަށް ނޫނީ ނުވާނެ (.) އެފަދަ ބަޔެއްގެ ސަބަބުން،
މުޖުތަމަޢަށާއި ޤައުމަށް އެންމެ އެދެވޭ މަންފާކުރާނެކަމަކަށް އަޅުގަނޑަކަށް
ނުބެލެވޭ.(.)
ކަން
މިހެން އޮތުމާއެކު މުސްތަޤްބަލަށް ފައިދާކުރާނީ ޢިލްމުގެ އިތުރުން ހުނަރުވެރި
ޤާބިލުބަޔަކަށް ވެގެން(.) ދުޅަހެޔޮ ޞިއްޙަތެއްގެވެރި، އުފެއްދުންތެރި ބަޔަކަށްވެސް ވެގެން (.) މުޢާމަލާތުކޮށް މުޢާޞަލާތުކުރުމުގައި
ކާޟިޔާބު މީހަކަށް ވެގެން(.) މިކަންކަން ޙާޞިލްކުރެވެން އޮތް އެންމެ ފަހި
މާޙައުލަކީ ސްކޫލު މަދަރުސާތައް ކަން ކަށަވަރު(.) އެހެންކަމުން އުޖާލާ ފަހި
މުސްތަޤްނަލެއް ބޭނުންވާ ހަމަ ކޮންމެ ކުއްޖަކީ ސްކޫލު މަދަރުސާ ތަކުގައި ހިންގޭ
އިތުރުޙަރަކާތްތަކުން ތަމްރީނާއި ހުނަރު ލިބިގަންނަ ކުއްޖަކަށް ވާންޖެހޭ(.) އަޅުގަނޑުގެ
އިލްތިމާސަކީ ވެހޭތަ ފެންނަގާށޭ ބުނާ ބީދައިން ސްކޫލުތަކުން ފަހިކޮށްދެވިފައިވާ
ހުނަރުތައް ދަސްކުރުމުގެ ފުރުޞަތުގެ ބޭނުން ހުރިހާ ދަރިވަރުންވެސް އެންމެ
ފުރިހަމައަށް ހިފުން(.) އެފަދަ ކުދިބަޔަކަށް ވުމުގެ ތަޢުފީޤު ﷲ މިންވަރު
ކުރައްވާށި.. އާމީން ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ
No comments :
Post a Comment