Sunday, October 27, 2019

ބޮޑުތަކުރުފާނު


c
ޤައުމާ ވަޠަންދެކެ ލޯބިވުމުގެ މާތް ސިފަ އަޅަމެންގެ ކިބައިގައި ލެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާޝުކުރުކުރަން(.) ޤައުމިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ ދެއްކެވި މާތް ސާހިބާ ޚާތިމުލް އަންބިޔާއި ވަލްމުރުސަލީނަށް ޞަލަވާތާއި ސަލާމުގެ އެންމެ ވަސްމީރު ގުލްދަސްތާތަކުން ވެދުންކުރަން(.) އަދި މިޞަލަވާތުގައި އިތުރު އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން(.)

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ " ދިވެހި ރާއްޖޭގެ ޤައުމީ ތާރިޚްގެ" ދުވަހުގެ  ޚާއްސަ އެސެންބުލީގެ އެންމެހާ ބައިވެރިން(.)

އައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.(.)
މިފަދަދުވަހެއް އަޅުގަނޑުމެން ތެރޭގައި ފާހަގަކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ތާރީޚާޢި ސަޤާފަތާއި އާދަކާދައަށް ލޯބިޖެއްސުން(.) ދިވެހިންގެ ފަޚުރުވެރި ތާރީޚް ދިވެހިންނަށް އެނގި ޢިބުރަތް ޙާޞިލްކުރުން(.) ތާރީޚް އެރީތި އާދަކާދަތަކާ ސަޤާފަތް އަށަގެންނެވުން (.) ނަމަވެސް ހިތާމަޔާއެކު ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ ޒުވާންޖީލު މިވަނީ ބޭރުގެ ސަޤާފަތާއި އާދަތަކަށް ރޭރުވެ އަމިއްލަވަންތަކަމަށް ބީރަށްޓެހިވާންފަށާފަކަން(.)  މިފަދަ ޒަމާނެއްގައި އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމާއި އަމިއްލަ ސަޤާފަތަށް ލޯބިކުރުމަކީ ވަރަށްމުހިންމު ކަމެއްކަން ކަށަވަރު(.) މިގޮތުން ކޮންމެ ދަރިވަރަކީ ޤައުމިއްޔަތަށް ލޯބިކުރާ ޤައުމީ ބަޠަލުންގެ ޚިދުމަތްތަކުގެ އަގުވަޒަންކުރާ ދަރިވަރަކަށް ވާންޖެހޭ (.) މިއަދުގެ މިޚާއްޞަ އެސެމްބްލީގައި އަޅުގަނޑު ބަލާލާނީ ޤައުމީ ބަޠަލުންގެ ތެރެއިން އައްސުލްޠާނުލް ޢާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (.) އާދެ! ބޮޑު ތަކުރުފާނަށް(.)
ބޮޑުތަކުރުފާނަކީ، ދިވެހި ޤައުމު ދުށް އެންމެ ވަރުގަދަ ޝަޚްޞިއްޔަތު (.) އެންމެ މަތިވެރި، އެންމެ ހަންހާރަވެތި ޤައުމީ ބަޠަލު(.) އެންމެ ރޭވުންތެރި، އެންމެ ކުޅަދާނަ ހިތްވަރުގަދަ މުޖާހިދު (.) އެންމެ ހިކުމަތްތެރި، އެންމެ ކެތްތެރި ޞާބިރު(.) އެންމެ މޫރިތި ރަސްގެފާނު (.) ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގެ މަހާތުމާ ގާނދީއޭ] ދަންނަވަން ޖެހެނީ މިފަދަ އެތައް ސަބަބަކާ ހުރެ (.) ދިވެހި ޤައުމުގެ ޙައްޤުގައި އެތަކުރުފާނު ނުކުރައްވަނީ ކޮންކަމެއްތޯ މިއަދު ސުވާލުކޮށްލަންޖެހޭ(.) ދިވެހި އަޚުންނާއި އުޚުތުންގެ ޙައްޤުގައި އެތަކުރުފާނު ދޫކޮށް ނުލައްވަނީ، ދުނިޔޭގެ ކޮން އުފަލެއްތޯ ވިސްނާލަންޖެހޭ(.) ދީނާއި ވަޠަނަށްޓަކައި ވެވަޑައި ނުގަންނަވަނީ ކޮން ޤުރްބާނެއްތޯ ހިތާއި ނަފުސުން ސުވާލުކޮށްލަންޖެހޭ(.)

އާދެ!  ބޮޑު ތަކުރުފާނަކީ، އުތީމު ޙުސައިން ޚަތީބު ތަކުރުފާނާއި، އިހަވަންދޫ އައިމިނާ ދިޔޯގެ ހިތްވަރުފުޅު ގަދަ ދަރިކަލުން(.) ތުއްޕުޅު އިރުއްސުރެވެސް ފާހަގަކުރެވެނީ އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއްގެ ގޮތުގައި(.) އެންމެ ގަޔާވެ ލައްވަނީ ޙިކުމަތްތެރި ވިސްނުންތެރި ހުނަރުތަކަށް (.) އެހެންކަމުން މަޅިފަތި ޖައްސަވައިގެން ދޫނި ހިތްޕެވުމަކީ އެތަކުރުފާނު އެންމެ ލޯބިކުރައްވާ ހުނަރު(.)  މިއިން ދޭހަވަނީ ތުއްޕުޅު އިރުއްސުރެވެސް ހެވިކަމަށް އެތަކުރުފާނުގެ ހިތްޕުޅުގައި ދެއްވިފައިވާ ޤަދަރާއި، ޝައުޤު (.)  ނަތީޖާއެއްގެ ގޮތުން ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނުގެ އަރިހުން ދީނީ ތަޢުލީމު އުނގެނިވަޑައި ގަތުމަށްފަހު، ބޭދާޅިއަށް ވަޑައިގެން ބޮޑު އެދުރު ކަލޭގެފާނުގެ އަރިހަށް ހެވިކަމާ ހަނގުރާމައިގެ އުކުޅުތައް ދަސްފުޅު ކުރެއްވި(.)  މުޙައްމަދު ތަކުރުފާނު ބޮޑުފުޅުވެ، ޒުވާންކަން ފުރިހަމަވަމުން އައީ [ކަނޑުގެ ބާޒު] ގެ ތޫނު ވަކިތަކުގެ ދަށުގައި ދިވެހި އުންމަތް ހަނާވަމުން ދިޔަ ދުވަސްވަރު(.)  [ކަނޑުގެ ބާޒަކީ] 960 ގެ އަހަރު ތަކުގައި، ދުނިޔޭގެ އެންމެ ވަރުގަދަ އެއްބާރު ކަމުގައި ހިމެނުނު ޕޯޗުގީޒުންގެ ލަޝްކަރު (.) އެއީ  ޕޯޗްގީޒުންގެ  އަނިޔާވެރިކަން އޭގެ އިންތިހާ އަށް ގޮސްފައި ވާ ދުވަސްވަރެއް(.)  އެދުވަސްވަރު އަނދިރި އަނދިރީންގެ އަނދިރިކަމުން، ދިވެހި އުއްމަތް ބަނަކުރަމުންދިޔަ (.) އަންހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރި ގަނެ، އަނބީން ހުވަފަތް ކުރަމުންދިޔަ (.) ފިރިންގެ އަތްފައި ބަނދެ އަނިޔާ ކޮށް، ކުޑަކުދީން ޔަތީމުކޮށް، މުއްސަނދީންގެ މުދާތައް ލޫޓުވަމުންދިޔަ (.)ދިވެހި ދަރިންގެ ލޯތަކުން އޭރު، އޮހެމުން ދިޔައީ ލޭކަރުނަ(.) ބޮޑުތަކުރުފާނު، ބޮޑުފުޅުވެ ޒުވާންވެ، ފުރިހަމަވަމުން އައީ މިދެންނެވި އަނިޔާވެރިކަމުން ފުރިގެންވީ ބިރުވެރި ފަސްގަނޑުގަ (.) އެހެން ނަމަވެސް އެތަކުރުފާނުގެ ވިސްނުންތެރިކަން ވަޒަން ކޮށްލައްވާ(.)
އެންމެ ފުރަތަމަ ވެވަޑައިގެންނެވީ، އަނދިރި އަނދިރީންގެ ސަރުކާރުން އެންމެ އިތުބާރުކުރާ ވިޔަޒޯރުގެ ކަނާ އަތަށް(.) އެމީހުންގެ އެންމެގާތް އެކުވެރިޔާ ކަމުގައި ވެވަޑައިގެން އަނދިރި އަނދިރީންގެ އަނދިރި ސަރުކާރުގެ އިޒުނަޔާއެކު، އެމީހުންގެ ތަކެތީގައި، އެމީހުންގެ އެހީ ލިބިގެން އެމީހުންނާ ދެކޮޅަށް ފުރަތަމަ ފިޔަވަޅު އެޅުއްވި(.) އާދެ! ދިވެހިންގެ މަސައްކަތްތެރިކަމާއި، ހުނަރުވެރިކަމުގެ ނަމޫނާ އަދި އެދުވަސްވަރުގެ އެންމެހަލުވި އޮޑި [ކަޅުއޮށްފުންމި] ބެންނެވި (.) އެއަށްފަހު ޢާއިލާ މަލިކަށް ގެންދަވައި ޖިހާދުގެ ކަމަރު ބެންނެވި (.) އެއްބަފާ ޢަލިތަކުރުފާނާއި، އެއްބަނޑު އެއްބަފާ ޙަސަންތަކުރުފާނުގެ އިތުރުން، އެކުވެރި ދެ ޙާޖީންނާއި، ދުވާފަރު ދަންޑެހެލާއެކު [ކަޅުއޮށްފުންމީގެ] ދަތުރުތައް ފެއްޓެވީ ދީނާއި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގަ(.)
ކޮންމެރެއަކު، ކަނު އަނދިރިވުމުން ދިވެހި ރަށްތަކަށް އަރާވަޑައިގެން، ޕޯޗްގީޒު ސިފައިންނާ ހަނގުރާމަ ކުރައްވަމުން، ދިވެހި ރަށްތައް އެމީހުންގެ ކިބައިން ޠާހިރު ކުރައްވަމުން ގެންދިޔަ (.) މިފަދައިން ކަންތައް ވާންފެށުމުން، ޕޯޗުގީޒުން އެތަކުރުފާނަށާއި، އެތަކުރުފާނުގެ އެކުވެރިންނަށް ފާރަލާންފެށި(.) އެހެން ނަމަވެސް ޕޯޗުގީޒުންނަށް ކަމެއް، ދަމެއް އަންގާވެސް ނުލައްވާ، ރަށްރަށަށް އަރުއްވަމުން ޕޯޗުގީޒު ގޮފިތައް ސުންނާފަތި ކުރައްވަމުން ގެންދެވި (.) މިކަމަށް އަނދިރި އަނދިރީންގެ ހަރު ހިލަހިތަކަށް ކެތެއްނުވި(.) 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭ އޭނާގެ އަނދިރި އަނދިރި އަނިޔާވެރި އަމުރު ނެރުނު (.) އެއީ [މާދަމާގެ އިރުއެރުމުގެ ކުރިން ހުރިހާ ރައްޔިތުން ކްރިސްޓިއަން ދީން ޤަބޫލުކުރަން] (.) ސަލާމަތުގެ މާތް އިސްލާމްދީނަށް ފުރަގަސްދޭން އެންގި (.) އެހެންކަމުން މާލޭގެ ކުރިއަށް ތިބި މީހުން ނުކުމެ އެންމެފަހު ނޭވާއަށް ދަންދެން ޤައުމަށްޓަކައި ހަނގާރަމަކުރުމަށް އަޙުދު ކަށަވަރު ހިފައި، ހަނގުރާމައަށް ނުކުމެއްޖެ(.) ﷲގެ އިރާދަފުޅާއެކު މުޙައްމަދު ތަކުރުފާނާއި، އެތަކުރުފާނުގެ ބައިވެރިން މާލެވަޑައި ގަންނަވައި، ހަނގުރާމަ ފެށި (.) ހިތްވަރުގަދަ ދިވެހި ފަހުލަވާނުންގެ ކުރިމަތީގައި އެއޮށްފަދަ ބޮޑު ޕޯޗްގީޒު ލަޝްކަރު އިސް އޮބާލައި  ފިލަން ދުވަން ފެށި (.) ދެން ތޯއެވެ؟ މުޙައްމަދު ތަކުރުފާނު އެތަކުރުފާނުގެ ހަނގުރާމައިގެ މަޅިފަތި ކޮޅުގައި އަނދިރި އަނދިރިން ޖެއްސެވި (.)
ދިވެހިންނަށް ކާމިޔާބާއި ނަޞްރާއި، މިނިވަންކަންލިބި، ސަތާރަ އަހަރުގެ އަޅުވެތިކަމުގެ ދާ، ދިވެހިންގެ މޫނުން ފޮހެލީ، ހިތްވަރުގަދަ ކަމާއި  ކުޅަދާނަކަން އަދި ރޭވުންތެރިކަމާއި  ޙިކުމަތްތެރިކަމުގެ ލާމަސީލު ނަމޫނާ ދެއްކެވި، ތެދުވެރި މުޙައްމަދު ތަކުރުފާނުގެ ހިންމަތާއި މިންނަތުން (.)އަދި ކޮބައިތޯއެވެ؟ މިނިވަންކަމުގެ ފިނިހިޔަލަކަށް މިފަސްގަނޑު ލެއްވުމަށްފަހު ދިވެހިޤައުމުގެ ހުންގާނުގައި ހިއްޕެވި (.) އާދެ ! އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމްގެ ޚިދުމަތްތައް ގިނަގުނަ (.) އަމިއްލަ ފައިސާއެއް އުފެއްދެވި (.) ދައުލަތުގެ ނިޝާނެއް ދިވެހިންނަށް ހަދިޔާ ކުރެއްވި(.) ޕޯޗްގީޒުންގެ ޒީލައިން ނެތުމުން ދިޔަ އިސްލާމީ އާދަކާދަތައް ދިރުއްވި(.) އިސްލާމްދީނުގެ މާތް ޢިލްމުން މުޅި ރާއްޖޭގައި އަލިވޮށެއް ދިއްލާލެއްވި(.) އެހެންކަމުން، މިއަދުވެސް އެތަކުރުފާނަށް ޝުކުރުވެރިވުން ވާޖިބުނޫން ތޯއެވެ؟(.) ހެޔޮ ދުޢާކުރުން އައުލާނޫން ތޯއެވެ؟ (.)
އެހެންކަމުން އެތަކުރުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާކުރަމުން ދަންނަވަން ޖެހެނީ،
ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެންނެތް ޖިސްމުތައް
            ތާއަބަދު ދެމިހުންނަ ހެޔޮ ޛިކުރާއަކަށް ނިމުމެއްނެތޭ.  
އަހަރެމެންނަކީ ދިވެހި އާދަކާދައާއި ޘަޤާފަތާއި ތާރީޚުން ޢިބްރަތް ޙާޞިލްކުރާ ބައެއް ކަމުގައި ލައްވާށި! ދިވެހިން ދިވެހިންގެ ގޮތުގައި ތާ އަބަދު ލަހައްޓަވާށި! އާމީން (.)  ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު (.)

No comments :

Post a Comment