Wednesday, October 23, 2019

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މުޖުތަމަޢުން ނައްތާލަންވީ ކަމެކެވެ.


ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މުޖުތަމަޢުން ނައްތާލަންޖެހިފައިވާ އާދައެކެވެ.
އިންސާނާ އޭނާގެ އަމިއްލަ ނަފުސަށް ގެއްލުންހުރި ކަންކަން ކުރުން ނަހީކރެއްވި ޙިކުމަތްވަންތަ ޖައްލަ ރައްބީއަށް ޙަމްދާ ޝުކުރުކުރަން(.) ކެއުމާއި ބުއިމުގައި ޞިއްޙަތަށް ފައިދާހުރި ބޭނުންކުރުމަށް އުއްމަތަށް އިރުޝާދު ދެއްވި ކައުސާހިބާ މުޙައްމަދުގެ ފާނަށް ޞަލަވާތާ ސަލާމުން ވެދުންކުރަން(.) މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭނގެ ފާނުގެ އާލު އަޞްޙާބުންނާއި މިތުރު ޞަޙާބީން ޝާމިލް ކުރަން(.)
އިންސާފުކުރެއްވުމުގެ ބުރަ މަސްޢޫލިއްޔަތު އުފުއްލަވަމުން ގެންދަވާ އަޅުގަނޑުމެންގެ ލޮބުވެތި އުސްތާ(.) ވަޑައިގެން ތިއްބެވި އެންމެހާ ޖަލީސުން(.) ހަންހާރަވެތި އެދުރުން(.) ނިޔަނެތި ކިޔަވާކުދިން(.) އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ(.)
އާދެ، ޝައްކެއްނެތް ގޮތުގައި މާތް ﷲ އިންސާނުންނަށްޓަކައި ދުނިޔޭގައި ވަނީ ވަރަށް ގިނަ ތަކެތި ލައްވަވާފަ(.) އެ ތަކެތީގެ ތެރޭގައި އިންސާނުނުންނަށް ފައިދާހުރި ތަކެއްޗާއި ގެއްލުންހުރި ތަކެތިވެސް ހިމެނޭ(.) އެގޮތުން ދުންފަތަކީ އޭގެ ސަބަބުން ވަރަށް ގިނަ ގެއްލުންތަކެއް އިންސާނާއަށް ކުރިމަތި  ކުރުވާ އެއްޗެއް(.)  އާދެ، މިއަދު އަޅުގަނޑަށް ވާހަކަދައްކަން ލިބިފައިވާ މަޢުޟޫއަކީ [ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މުޖުތަމަޢުން ނައްތާލަންޖެހިފައިވާ އާދައެއް](.)
އެނގިވަޑައިގަންނަވާނެ ފަދައިން ތިމާގެ އަމިއްލަ ނަފުސަށް ގެއްލުންލިބޭ އެއްވެސްކަމެއް ކުރުމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައި ކަމެއް(.) އެކަމެއް ކުރުމުން ތިމާ ފާފަވެރިވާނޭ ކަމެއް(.) ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އަމިއްލަ އަތުން، ތިމާގެ ނަފުސު ހަލާކުގެ ތެރެއަށް އެއްލާލުން(.) ތިމާގެ އަމިއްލަ ޙަޔާތް އަނދަވަޅެއްގެ ތެރެއަށް ވައްޓާލުން(.) އެހެންކަމުން މިކަމަކީ އެއްވެސް މީހަކު ޤަބޫލުކުރާނެ ކަމެއްނޫން(.) މި ސަބަބަށްޓަކައިވެސް ދުންފަތުގެ އިސްތިޢުމާލު ކުރުން މުޖުތަމަޢުން ނައްތާލަންޖެހިފައިވާ އާދައެއް ކަމުގައި ދަންވަން ޖެހޭ(.)
މީގެ އިތުރުންވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމީ ދުވާލުގެ އިރުފަދައިން އަޅުގަނޑުމެންނަށް ފެންނަމުންދާ ޙަޤީޤަތެއް(.) ސައިންސްގެ ހޯދުންތަކުން އެނގި ހާމަވެފައިވާ ގޮތުގައި ދުންފަތުގައި އެތައްހާސް ވިހަ މާއްދާތަކެއް އެކުލެވިގެންވޭ(.) މިއިން ކޮންމެ މާއްދާއަކީ ވެސް އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ގެއްލުންތައް ކުރިމަތި ކުރުވާ މާއްދާއެއް(.) އޭގެ ތެރެއިންވެސް ދުންފަތުގައި އެކުލެވޭ ނިކޮޓިންއަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރ މަތިކޮށްދޭ މާއްދާއެއް(.) އަދި ހަމަ އެހެންމެ ހާޓް އެޓެކް ޖެހުމާއި ސްޓްރޯކް ޖެހުމަށް މަގުފަހި ކޮށްދޭ މާއްދާއެއްވެސް ވެ(.) ވަކނިކޮޓިންގެ ސަބަބުން އޮތް އެންމެ ބޮޑު ނުރައްކަލަކީ އެއީ ދުންފަތަށް އިންސާނާ ދެވިހިފާ މާއްދާއަކަށްވެސް ވާކަން(.) ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން އެއަށް ޝައުޤުވެރިކުރުވާ ބާރެއް އެކުލެވޭ މާއްދާއަކަށް ވާކަން(.) މީގެ އިތުރުން ދުނިޔޭގައި އެންމެ ގިނަބަޔަކު ކެނަސަރު ބަލީގެ ޝިކާރައަކަށް ވެފައިވަނީވެސް މި ޢަމަލުގެ ސަބަބުންކަން ކަނދާންކޮށްލަންޖެހޭ(.) ކަން މިހެން އޮތުމާއެކު، ޝައްކެއް ނެތް ގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މުޖުތަމަޢުން ނައްތާލަން ޖެހޭ ކަމެއްކަން ސާބިތުވޭ(.) އެހެން ނޫންތޯ؟(.)
އާދެ، މުޖުތަމަޢުތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އެ ޢަމަލު ނުކުރާ މީހުންނަށްވެސް ތަފާތު ގެއްލުންތަކާ ދަނީ ކުރިމަތިވަމުން(.) ގިނަ މީހުން ތިބޭ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އެ ޢަމަލު ނުކުރާ މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ދުމުގައި ހުންނަ ވިހަ ގޭސްތަކުގެ އަސަރު ކުރަމުންދޭ(.) އެގޮތުން މުޖުތަމަޢުގައި އުޅޭ ކުޑަކުދިންނަށާ، ޢުމުރުން ދުވަސްވީ މީހުންނަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދޭ(.) ހަމަ އެފަދައިން މި ޢަމަލު ކުރާ މަންޒު ބޮޑެތިވަމުން އަންނަ ކުޑަކުދިންނަށް ފެނި އެކުދިން މީގެ ތެރެއަށް ވަނުމަށްވެސް މަގުފަހިވެގެންދަނީ މަދެއްކޮށެއް ނޫންކަމުގައި ފާހަގަކޮށްލަންޖެހޭ(.) މީހުން ކުރާތީ ކުރާތީ ކުދިންނާ، ފެޝަނެއްގެ ގޮތުގައި ކުރާ ކުދިންވެސް މަދެއްނޫން(.) އެހެންކަމުން މިއީ ހައްތަހާވެސް ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދަ މަޖުތަމަޢުން ނައްތާލަން ޖެހޭ ސަބަބުތައް އެހެންނޫންތޯ؟(،)
     އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވާންޖެހޭ(.) އޭގެ އަވައިގައި ޖެހި ވެއްޓިގެންދާ އަނދަވަޅުން ސަލާމްތަވުން މުހިއްމު(.) ދުންފަތުގެ ބޭނުން ނުކުރާ މީހުންނަށް އެއިން ލިބޭ ގެއްލުންތަކުން މުޖުތަމަޢު ސަލާމަތްކުރަން މިވަނީ ޖެހިފައި(.) މިހުރިސާ ސަބަބުތަކެއް ހުރުމުން އަޅުގަނޑުގެ އިލްތިމާސަކީ އިންސާނައަށް ދެއްވާފައިވާ ބުއްދީގެ ބޭނުންކުރައްވާ، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރި އުޅުމަށްޓަކައި ދުންފަތަށް ނޫނެކޭ ބުނާބަޔަކަށް ވަމާހޭ(.) ﷲ ދެއްވި ފައިދާހުރި ތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކަށް ވުމުގެ ތަޢުފީޤު ﷲ މިންވަރު ކުރައްވާށި(.) ނިންމާލަމުންވެސް ދަންނަވާނީ
މުޖުތަމަޢު ނެތިކޮށް ފަނާކޮށް، ދިރިއުޅުން އަޅިއަށް ހަދާ
ދުންފަތުގެ ސުންޕާ ވަބާއިން ދުރުވަމާހޭ ހެޔޮހިތުން
      ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ...

No comments :

Post a Comment