Tuesday, September 1, 2020

ޙިކުމަތުގެ ބަސް

 


ހިކުމަތްތެރި ބަސް

ހިކުމަތްތެރި ބަސް

 

ބިނާކުރަނިވި ފާޑު ކިޔާށެވެ. ފަނާކުރަނިވި އާޑަ ނުކިޔާށެވެ.

 

ހިކުމަތްތެރި ބަސް

މަގޭ ގަހުގައި އަޅާ މިރުސް މަށަށް ކުޅިވާނެ އެވެ.

 

ހިކުމަތްތެރި ބަސް

ތަންކޮޅެން ދޮންވަންދެން ހުއްޓައި އެހެން މީހަކު ބިނދެލަފާނެ އެވެ.

 

ހިކުމަތްތެރި ބަސް

ޙަޤީޤަތް ފަހުން ކިޔާދީފައި ރުއިމަށް ވުރެ، ކުރިން ކިޔާދީފައި އެހީވުން މާ ރަނގަޅެވެ.

 

ހިކުމަތްތެރި ބަސް

ސުވަރުގެ ލިބުން އެދޭ ނަމަ، މަންމަގެ ރުހުން އެދޭށެވެ.

 

ހިކުމަތްތެރި ބަސް

ކަތުރުގެ ތޫނުކަން އެނގޭނީ އެއިން އެއްޗެއް ކެފީމަ އެވެ. ކަދުރުގެ މީރުކަން އެނގޭނީ އެއިން އެއްޗެއް ކެއީމަ އެވެ.

 

ހިކުމަތްތެރި ބަސް

އަސްކެނިމަތިން ހަނދާންވާނީ ވާރޭވެހެން ފެށުމުންނެވެ.

ހިކުމަތްތެރި ބަސް

ޤާނޫނެކޭ ފާރޮށްޓެކޭ އެއްގޮތެވެ. ހެދެނީ ބަޔަކު އެކުވެގެންނެވެ. އެކަކަށް ވެސް މުގުރާލެވިދާނެ އެވެ.

ހިކުމަތްތެރި ބަސް

ބާރުގަދަ ލޯތްބެއް ހޯދިދާނެ އެވެ. ގަދަބާރުން ލޯތްބެއް ނުހޯދޭނެ އެވެ.

ހިކުމަތްތެރި ބަސް

ބިއްލޫރި ގަންނަންވާނީ، ތެޅި ކުދިކުދި ވެދާނެކަން އެނގިހުރެ އެވެ. ލޯބި ވާންވާނީ، ހިތް ކުދިކުދި ވެދާނެކަން އެނގިހުރެ އެވެ.

ހިކުމަތްތެރި ބަސް

ޒާތީހަސަދަ އަކީ، އޯގާތެރިކަން ކޮށާ ކުދިކުރާ ވަޅި އެވެ.

ހިކުމަތްތެރި ބަސް

ބަދަލުގައި ލޯބި ލިބޭނެ ކަމަށް ލޯބި ދިނުމަކީ، ރާޅު ފޯރާ ފަށުގައި ދޮންވެލިން ގެ ހެދުން ކަހަލަ ކަމެކެވެ.

ހިކުމަތްތެރި ބަސް

ހިތް ނުބައި ދުސްމިނަކަށް ވުރެ، އަޑިނުބައި އެކުވެރިއަކު މާ ނުރައްކާތެރި އެވެ.

ހިކުމަތްތެރި ބަސް

އެކި ކުލަ ނަގައިގެން ކުލަ ޖައްސާށެވެ. ވަކި ކުލައެއް ޖެހިގެން ދޭތެރެ ނުޖައްސާށެވެ.

ހިކުމަތްތެރި ބަސް

އަހަރުމެން ނަމެއް ނުލިޔޭ ޖެހީ ކަޅު ފާހަގައެއް. އެ މީހުން ކަމެއްނުކުރޭ ދައްކަނީ މޮޅު ވާހަކައެއް.އަދަބީ ބަސް 2013-2017 ©

 

No comments :

Post a Comment