Monday, March 30, 2015

ބުރަފަތި ލަފުޒު

ޓެކްސްޓް ރިކޮންސްޓްރަކްޝަން
ތާވަލް ފުރިހަމަ ކުރުން
×   ގްރޭޑް: 9
×  އެކްޓިވިޓީގެ މަޤްޞަދު: ލިޔުން ވިސްނައިގެން ކިޔުމަށްފަހު ދަރިން ތަރުބިއްޔަތުކުރުމަށް އިރުޝާދުލިބޭ ފަދަ ޢިބާރާތްތައް ބޭނުންކޮށްގެން ތާވަލް ފުރިހަމަ ކުރުން.
×  ކުލާސް އަތުރާނެގޮތް: ދެކުދިން ދެކުދިންގެ ގްރޫޕްތަކެއް.
                 
                       2                             6                            3                                      
 
 
 
 
 
 
 
 
 
 
 
 
 
 
                             1
  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
  5 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ތިރީގައި ދެވިފައިވާ އިރުޝާދު ތައް ރަނގަޅަށް ވިސްނައިގެން ކިޔުމަށްފަހު ތާވަލް ފުރިހަމަ ކުރާށެވެ!
 
މަތިން ތިރިއަށް
1- ކުއްޖާ ދުނިޔެއަށް އަންނައިރު އިރު އޭނައިގެ ޙާލަތު
2- މައިންބަފައިން ދަރިންންގެ ކިބައިގައި އަށަގަންނެވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ސިފަ ނުވަތަ ކަންތައް.
3- މާގިނައިން ކުރަން ފަށައިފިނަމަ ދަރިފުޅު ނުދަންނަ ޖެހިލުންވާ ފަދަ މީހުން ނުތިބެދޭ ފަދަ ޢަމަލެއް.
6- އިސްލާމީ ގިއުގަނޑުގެތެރޭގައި ތަރުބިއްޔަތުކުރާ ކޮންމެ ޖުއްޖެއް އެކަމަކުން ކޮންމެހެން ދުރުކުރަންޖެގޭ ކަމެއް.
ކަނާތުން ވާތަށް
4- ކުދިން ރަނގަޅު ގޮތުގައި ކަންތައްތައް ކުރުމަށް ދެވޭ ވަރަށް ބޮޑު ހިތްވަރެއް. ނުވަތަ ބޭނުންވާ ކަމެއް.
5- ސްކޫލް މަރުޙަލާގައި ބައެއްފަހަރަށް މައިންބަފައިންނާއި މުދައްރިސުން ދަރިންނަށް ކުރާ ޢަމުރެއް.
 
ފިލާވަޅު ގެންދާނެގޮތް
ދެކުދިން ދެކުދިންގެ ގްރޫޕް ވާގޮތަށް ކުލާސް ބަހާލާނީއެވެ. އެއަށްފަހު ކޮންމެ ގްރޫޕަކަށް [އަހަރެންގެ ދަރިފުޅު ބަހެއްނާހައެވެ.] މި ލިޔުމުގެ ކޮޕީއެއް ދޭނީއެވެ. ލިޔުން ކިޔުމަށްފަހު ކުރަން ހަމަޖެހިވަނީ ތާވަލެއް ފުރިހަމަ ކުރުވުންކަން ބުނެދޭނީއެވެ. އެހެންކަމުން ވަރަށް ވިސްނުންތެރިކަމާއެކު ކިޔުމަށް އިރުޝާދުދޭނީއެވެ. އަދި ލިޔުން ކިޔުމަށްފަހު ތާވަލް އެންމެ އަވަހަށް ރަނގަޅަށް ހުރިހާ ތަނެއް ފުރިހަމަ ކުރާ ގްރޫޕަކަށް އިނާމެއް ދިނުމަށް ބުނާނީއެވެ. (އިނާމުގެ ގޮތުގައި ކުދިންގެ ކިޔެވުމާ ގުޅޭ ކޮންމެވެސް ދޭއްޗެއް ދެވިދާނެއެވެ.) ކުދިން ލިޔުން ކިޔާ ނިމުމުން ހުރިހާ ގްރޫޕަކަށް އެއްކޮށް ތާވަލް ފުރިހަމަ ކުރުމަށް ހަވާލު ކުރާނީއެވެ. މި މަސައްކަތަށް 15 މިނިޓުގެ ވަގުތެއް ދޭނީއެވެ. ވަގުތުގެ ކުރިން ނިންމައިފިނަމަ މުދައްރިސް ބެލުމަށްފަހު ރަނގަޅުނަމަ މުދައްރިސްގެ ބެލުމުގެ ދަށުގައި ބާއްވާނީއެވެ. ރަނގަޅު ނޫންނަމަ ރަނގަޅުނޫންކަން އެގްރޫޕެއްގައި ބުނާނީއެވެ. ވަގުތު ހަމަވުމުން ފުރިހަމަ ކުރެވިފައިހުރި ގޮތްތައް ރނަގަޅުތޯ ބެލުމަށް ގްރޫޕްތަކުގައި ހުރި ތާވަލްތައް ގްރޫޕް ނަން ޖެހުމަށްފަހު އެހެން ގްރޫޕް ތަކަށް ބަދަލުކުރާނީއެވެ. އެއަށްފަހު އެކި ގްރޫޕްތަކުން އެކި ނަމްބަރުތަކުގައި ލިޔެފައިހުރި ޢިބާރާތްތައް ހުށަހަޅާ ރަނގަޅުތޯ ބަލާނީއެވެ. އެއަށްފަހު އެންމެ ހުރިހާ ތަނެއް ރަނގަޅު ގްރޫޕަށް އިނާމު ދޭނީއެވެ.
 
ޓެކްޓް އެނަލިސިސް
ރޯލްޕްލޭ ކުޅުވުން
×   ގްރޭޑް: 9
×  އެކްޓިވިޓީގެ މަޤްޞަދު: ލިޔުމުގައި ބަޔާންކޮށްފައިވާ ދަރިން ތަރުބިއްޔަތު ކުރުމުގައި ޢަމަލުކުރަންޖެހޭ ރަނގަޅު އުސޫލުތައް ގްރޫޕްތަކުން ރޯލްޕްލޭގެ ގޮތުގައި ހުށަހެޅުން.
×  ކުލާސް އަތުރާނެގޮތް:   5 ކުދިންގެ ގްރޫޕް ތަކަކަށް ބަހާލުން.
އެކްޓިވިޓީ ކުރިއަށް ގެންދާނެގޮތް
ކުލާސް ފަސް ކުދިންގެ ގްރޫޕްތަކަށް ބަހާލުމަށްފަހު ކޮންމެ ގްރޫޕަކަށް [އަހަރެންގެ ދަރިފުޅު ބަހެއްނާހައެވެ.] މި ލިޔުމުގެ ކޮޕީއެއް ކޮންމެ ގްރޫޕަކަށް ހަވާލު ކުރާނީއެވެ. ގްރޫޕުގައި ފަރުވާތެރިކަމާއެކު ލިޔުން ކިޔުމަށްފަހު ދަރިން ތަރުބިއްޔަތު ކުރުމުގައި ޢަމަލުކުރަންވީ ރަނގަޅު އުސޫލުތައް ގްރޫޕުން ފާހަގަކޮށް ނޯޓުކުރާނީއެވެ. އެއަށްފަހު ނޯޓުކުރި ކަންތައްތައް ހިމެނޭގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެންވީ ރިވެތި އުސޫލުތަކުގެ ތެރެއިން ކޮންމެވެސް ކަމެއް ދައްކުވައިދޭ ރޯލްޕްލޭއެއް ކޮންމެ ގްރޫޕަކުން ތައްޔާރުކުރާނީއެވެ. ގްރޫޕްތަކުން ތައްޔާރުވުމަށް 10 މިނިޓުގެ ވަގުތު ދިނުމަށްފަހު ތައްޔާރުކުރި ރޯލްޕްލޭތައް ކުލާހަށް ހުށަހަޅާނީއެވެ. ހުށަހަޅަމުންދާއިރު (ހުށަހަޅާ ގްރޫޕްނޫން އެހެންގްރޫޕްތަކުން) ރޯލްޕްލޭތަކަށް މާރކްސް ދޭނީއެވެ. ހަމަ އެއާއެކު މުދައްރިސްވެސް ކޮންމެ ގްރޫޕަކަށް މާރކްސްދޭނީއެވެ. ހުރިހާ ގްރޫޕްތަކުން ހުށަހަޅައި ނިމުމުން ރޯލްޕްލޭތަކުން ފެނިގެންދިޔަ ދަރިންތަރުބިއްޔަތު ކުރުމުގައި ސަމާލުވާންވީ ކަންތައްތަކާމެދު ވާހަކަ ދައްކާނީއެވެ. އެއަށްފަހު ގްރޫޕްތަކުގެ ނަތީޖާތައް ކުލާހަށް ހުށަހަޅާނީއެވެ. ކޮންމެ ގްރޫޕަކުންވެސް އަނެއް ގްރޫޕަށް ދިންމާރކްސްތައް އެއްކޮށް އެވްރެކް ހަދާނީއެވެ. މިކަން ކުރާނީ ބޯޑުގައި ހުރިހާ ކުދިންނަށް ފެންނަގޮތަށް ތާވަލެއްގެ އެހީގައެވެ. ނަތީޖާ ނެރުމަށްފަހު މުދައްރިސްގެ ނަތީޖާވެސް އިޢުލާނު ކުރާނީއެވެ. އެއަށްފަހު އެންމެ ފުރިހަމައަށް ލިޔުމުގައިވާ ދަރިންތަރުބިއްޔަތު ކުރުމުގައި ޢަމަލުކުރަންވީ ގޮތްތައް ހުށަހެޅި ގްރޫޕަށް ތަރުހީބު ދޭނީއެވެ.  
 
 
1- އެކްޓިވިޓީ-1 ފުރިހަމަ ކުރުމުން އޮންނާނެ ގޮތުގެ ނަމޫނާ                                             
 
 
 
 
 

1
ގި
 
 
 
 
 
 
ނަ
 
 
ރަ
 
 
 
އި
 
ފި
 
ނ
 
 
 
ން
 
ތު
 
ގަ
 
 
 
ބޭ
 
ރަ
 
ޅު
 
ދޮ
 
ރަ
 
ތު

 

ތަ
 
ގު
 
ށް
 
ގެ
ތަ
ރު
ހީ
ބު
ދި
ނު
ން
ސާ
 
ބި
 
ނު
 
ނެ
 
ފު

 

އް
 
މު
 
ރު
 
ކަ
ކި
ޔަ
ވަ
ން
އެ
ން
ގު
ން
 
ތެ
 
ދު
 
 
 
މަ
 
އް
 
ރު
 
 
 
ތީ
 
ދި
 
ކު
 
 
ނު
 
ރު
 
 
ން
 
ން
 
2- އެކްޓިވިޓީ 1 އާއި 2 އަށް ބޭނުންވާ ލިޔުން
 
އަހަރެންގެ ދަރިފުޅު ބަހެއް ނާހައެވެ.
 
"އަހަރެންގެ ދަރިފުޅު ބަހެއް ނާހައެވެ." މިއީ ވަރަށް ގިނަ މައިންބަފައިން ކުރާ ޝަކުވާއެކެވެ. ވިސްނާލަން ޖެހޭ ކަމަކީ ކޮންމެ މީހެއްގެ ދަރިޔަކުވެސް ތަރުބިއްޔަތު ވަމުންދާނީ އެމީހަކު ތަރުބިއްޔަތު ކުރާ ގޮތެއްގެ މައްޗަށް ކަމެވެ. ނޭނގިގެންނާއި އެނގިގެން ތިމާ އެދަރިފުޅު ހާނުވާ ގޮތެއްގެ މައްޗަށް ކަމެވެ.

ކުޑަކުޑަ މައުސޫމު ދަރިފުޅު މިދުނިޔެއަށް އަންނަ ފިތުރަތުގެ ސާފުކަން އިތުރުކުރަނީ ނުވަތަ ނެތި ކޮށްލަނީވެސް އެ ތުއްތު ދަރިފުޅުގެ ވަށައިގެންވާ މާހައުލުގައިވާ ތަކެއްޗެވެ. ދަރިފުޅު އުޅޭ މާހައުލަކީ ހަލަބޮލި އަޑުގަދަ މާހައުލެއްކަމުގައި ވަނީނަމަ އެ މާހައުލާއި އެއްގޮތަށް ދަރިފުޅުގެ އުޅުންވެސް ބަދަލުވެއެވެ. ދަރިފުޅަށް އަޑުއިވޭ ހިސާބުގައި ބާރަށް އަޑުގަދަކޮށް ހަޅޭއްލަވާ ކަމުގައި ވަނީނަމަ ދަރިފުޅަށް ވިސްނޭނީ އެއީ އާންމު އާދަކާދައެއްކަމުގައެވެ. އަދި އެކަކު އަނެކަކާއި ޒުވާބުކޮށް ތަޅާ ފޮޅާ މަންޒަރު އާންމުކޮށް ފެންނަ ނަމަ ޚިޔާލަށްވެސް ނުގެނެވޭފަދަ ނޭދެވޭ ކަންތައްތަކެއް ދަރިފުޅަށް ދަސްވާނެއެވެ.

ކޮންމެ ކޮންމެ މީހަކު ދަރިފުޅު އުރި ކަމުގައި ނަމަވެސް ދަރިފުޅަށް އޯކޭވުން އެއީ މައްސަލައެކެވެ. އޭގެ މާނަޔަކީ ދަރިފުޅަކީ އެންމެންނާއި ރައްޓެހި ރަނގަޅު ކުއްޖެއް ކަމަކަށް ދެކިގެން ނުވާނެއެވެ. އެހެނީ ކުޑަކުދިންނަކީ އެކުދިންގެ ތަބީއަތުގައިވެސް އެކުދިންގެ އާއިލާއާއި ފެނިދެނިވާ މީހުން ވަކިކޮށް ރައްޓެހިވާން ދަންނަ ބައެކެވެ. މިއާޚިލާފަށް ކޮންމެ ކޮންމެ މީހަކާއި ދަރިފުޅު ރައްޓެހިވުމަކީ ކުޑައިރުއްސުރެ މާގިނައިން ބޭރަށް ނެރެވި އާންމުންގެ ތެރެއަށް ގިނަ ކުރުމުގެ ސަބަބުން ވާކަމެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ދަރިފުޅު ބޮޑުވެގެން އަންނައިރު އެދަރިފުޅު ނުދަންނަ ޖެހިލުންވާފަދަ ނުވަތަ ވާހަކަ ނުދައްކާ މީހަކު ނުހުރެއެވެ. މިއީ ދަރިފުޅުގެ މުސްތަޤުބަލަށް ވަރަށް ބޮޑަތި ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

މީހަކު ހަމަ އަޑެއް ލައްވާ އިރަށް ދަރިފުޅު އޭގެ ބަދަލުގައި އަޑެއް ލައްވާ ކަމުގައި ވަނީނަމަ އެކަން ހުއްޓުވޭތޯ މަސައްކަތް ކުރަންވާނެއެވެ. އެކެމަކީ ދަރިފުޅު ކުރާ މޮޅު ކަމެއް ނޫނެވެ. އެއާ ޚިލާފަށް އެކަމަކީ ދަރިފުޅާއި ނުބެހޭ ކަންތައްތަކަށް އަނގަލާ އަނގަގަދަކުރާނެ ކަމުގެ ނިޝާނެކެވެ.

މީހުންނާއި ދިމާލަށް އަތްއުކާ ނުވަތަ އަތް މަޅާލާހަދައި ފެންނަ ހިސާބުގައި ހުންނަ ދަރިފުޅާއި ނުގުޅޭ އެއްޗެއްސާއި ބެހި ހެދުމަކީ ހަމަ ކޮންމެހެންވެސް މަނާ ކަމެއް ކަމުގައި ދަރިފުޅަށް އަންގައިދޭން ޖެހޭނެއެވެ. މިފަދަ ކަމެއް ދަރިފުޅު ކުރާ ފަހަރަކު އެއްޗެކޭ ނުބުނެ އޭތި ދުރުކޮށްލުން، މީ ހާދަ އަތް ދިގު ކުއްޖެކޭ، ހަމަ ފެންނަހާ އެއްޗަކާއި ބެހޭނޭ، މިފަދަ އިބާރާތްތައް ބޭނުންކުރުމުން ދަރިފުޅަށް ހަދަންވީ ގޮތެއް ނުވަތަ އެކަމުގައި އަމަލު ކުރަންވީ ގޮތެއް ނޭނގޭނެއެވެ. މިފަދަ އިބާރާތްތަކުގެ ބަދަލުގައި ދަރިފުޅާ ތިއީ ހޯހޯ އެއްޗެކޭ، މިއީ މަންމަ އެއްޗެކޭ، ތިއާ ބެހުނީމަ ބޭބެ ރުޅި އަންނާނޭ، މިޢީ ކުޑަކުދިންނަށް މަނާ އެއްޗެކޭ، މިފަދަ އިބާރާތްތައް ބޭނުން ކުރުން ބުއްދިވެރިއެވެ. ކުޑައިރުއްސުރެ މިގޮތަށް ނުހޭނެވިއްޖެނަމަ ހޯހޯއޭ ބުނުމުން އަމަލުކުރަންވީ ގޮތެއް ދަރިފުޅަކަށް ނޭނގޭނެއެވެ. ނުވަތަ އެހެން ބުނުމުން އެއްވެސް ކަހަލަ އަޅާލުމެއް ނުބަހައްޓާނެއެވެ. ދަރިފުޅު އަމަލު ކުރާނީ ދަރިފުޅަށް އާދަވެފައި ހުރި ގޮތަށެވެ.

ދަރިފުޅު މީހުންގައިގައި ތަޅާ ނުވަތަ ތޮޅި ހަދާނަމަ ވަރަށް ގޯސް ކުއްޖެއް ކަމަށް ބުނުން ނުވަތަ ޖަހާލާ ފަހަރަކު ބަދަލުގައި ޖަހާލުމަކީ ދަރިފުޅަށް އެއިން ވަރަށް ނުބައި މެސެޖެއް ދެވޭނެ ކަމެކެވެ. ގޯސް ކުއްޖެއް ކަމަށް ބުނުމުން ދަރިފުޅު އެކަމާއި ދެރަވެގެން ނުވަތަ ލަދުގަނެގެން ނުވަތަ ރުޅިއައިސްގެން އަނެއްކާވެސް އެކަން ތަކުރާރު ކުރާތަން އާދެއެވެ. އެހެންކަމުން ގޯސްކުއްޖެކޭ ބުނުމުގެ ބަދަލުގައި، ދަރިފުޅު ތީ ބަސްއަހާ ކުއްޖެއް ނޫންހޭ، ބަސްއަހާ ކުދިންނެއް ނުއެއް ތޮޅޭނޭ ބުނެވިދާނެއެވެ. ދަރިފުޅު ޖަހާލާ ފަހަރަކު ޖަހާލުމަކީ ދަރިފުޅަށް އެކަން ކުރުމަށް ލިބޭ އިތުރު ހިތްވަރެކެވެ. އެހެނީ ދަރިފުޅުގެ އެ އަމަލު ހުއްޓުވުމަށްޓަކައި އެއަމަލު ރިޕީޓްކުރުމުން ދަރިފުޅަށް ނެގޭ މާނަ މުޅިން ގޯސްވެގެން ދެއެވެ. އޭރުން ދަރިފުޅަށް އެވިސްނައި ދެވެނީ މީހަކު ޖަހައިފި ނަމަ ޖަހަންވީ ކަމުގެއެވެ. އޭގެ ބަދަލުގައި ދަރިފުޅު އެގޮތަށް ކަންތައް ކުރުމުން އަނެކާއަށް ތަދުވާނެކަމާއި މަންމަ އެކަމާއި ވަރަށް ދެރަވާ ވާހަކަ ބުނެދެވިދާނެއެވެ.

ދަރިފުޅު ކުރާ ކޮންމެ ރަނަގަޅު އަމަލަކަށް ތަރުހީބު ދިނުމަކީ ހަމަ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ދަރިފުޅު ކުރާ ކަމަކީ ކޮންމެހެން މާ މޮޅު ކަމަކަށް ނުވިޔަސްމެއެވެ. މިސާލަކަށް މީހަކަށް ދައްކާލަން ދަރިފުޅު ކޮރާލިކަމުގައި ވީނަމަވެސް ހާދަ މޮޅޭ ބުނެލުން މުހިންމެވެ. ވަރަށް ގިނަ ފަހަރު ކުޑަކުދިން ތަފާތު ގޮތްގޮތަށް އެއްޗަކުން އެއްޗަކަށް ނުވާ ގޮތަށް ފޮތެއްގައި ކުރަހައިގަނެފައި މީހުންނަށް ދައްކާ ހަދައެވެ. މިފަދަ ދަނޑިވަޅުތަކުގައި އެއްޗެކޭ ނުބުނެ އަޅާނުލައި ދޫކޮށްލުން ނުވަތަ ތިޔައީ ދެން ކޯއްޗެއްހޭ ބުނުމުގެ ބަދަލުގައި، އާޗާ، ދަރިފުޅު ހާދަ މޮޅޭ، ކުރަހާލާފައި މިވަނީ ކޮންއެއްޗެއްހޭ އެހުން ރަނގަޅެވެ. ދަރިފުޅު ކުރާ ގޯސްކަންތައްތައް ހުއްޓުވަން މަސައްކަތް ކުރާ ފަދައިން ދަރިފުޅު ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތަރުހީބު ދޭންވާނެއެވެ.
 
 
ތަރުތީބު މަގުން ތަރުބިއްޔަތުކޮށް
          ދަރިފުޅު   ހާނާނީ   މަންމައޭ!
 
                                          މިއީ، [ބަޙުރު] ސައިޓުގައި  ފާޠިމަތު އިޙުސާނާ ލިޔުއްވާފައިވާ ލިޔުމެއް