1
|
އަޑިގަނޑަކަށް ފަހު
އުސް ގަނޑެއް އަންނާނެއެވެ.
|
އުފަލަކަށް ފަހު
ހިތާމައެއް އަންނާނެއެވެ.
|
2
|
ވެހޭތާ ފެންނެގުން
|
އެކަމެއް ކުރެވެން
އޮންނަ ވަގުތުގައި އެކަމެއް ކުރުން
|
3
|
އިށީންނާނެ ގަލެއް
ނުބަލައި އުދުއްސައި ގަތުން
|
ލިބިފައިވާ ކަމަކަށް
ވުރެ ރަގަނޅުކަމެއް ލިބުމުގެ ކުރިން އެކަމެއް ދޫކޮށްލުން
|
4
|
ހަރު ކޮންނާނީ
އެކަކުންޏެއްގެ ވަރުންނެވެ.
|
ކަމެއް ކުރަންވާނީ
ތިމާގެ ފެންވަރުންނެވެ.
|
5
|
ފޫނެއް ފަޔަށް ފެން
ނުފުރާށެވެ.
|
ފައިދާއެއް ނެތް
ކަންތައްތައް ނުކުރާށެވެ.
|
6
|
އަހިވަކާޖެހި
އަހިވަކެއް ފާވާނެއެވެ.
|
ގޯސް މީހުންނާއެކު
އުޅެންޏާ ގޯސްވާނެއެވެ.
|
7
|
ފެންކައްކާ ބޮލީގެ
އިއްޒަތް
|
ބޭނުންޖެހޭ ވަގުތު
އެއްޗެއްގެ ބޭނުންކޮށްފައި އެއްލައިލުން
|
8
|
ހުދު ބޯކިރުފޮދެއް
ކަހަލަ ދަތްތަކެއް
|
އެއްޗެއްގެ ހުރި
ރީތިކަން ދެއްކުން
|
9
|
ބިސްމަޅި ދުއްވުން
|
މީހަކަށް ނުވަތަ
ކަމަކަށް ފާރަލުން
|
10
|
ތިމާގެ ދަރި ތިމާއަށް
ދޮންފުތު ވާނެއެވެ.
|
ތިމާގެ ދަރިފުޅު
އަބަދުވެސް ތިމާއަށް ރަނގަޅުވާނެއެވެ.
|
11
|
ހިޔަންޏަށް މުޑިނެގުން
|
ހަޤީޤަތެއް ނެތް
ކަންތައްތައް ކުރަން އުޅުން
|
12
|
ރައްކާވެ ތިބިއްޔާ
ދަތުރެވެ.
|
ކުރިމަތިވެދާނެ
ނުރައްކަލަކަށް ތައްޔާރުވެ ތިބުން
|
13
|
ހަކުރު ދެންޏާ
ބޮޑުބޭބެ އެވެ.
|
ތިމާއަށް އެއްޗެހި ދޭ
މީހަކީ ތިމާގެ ގާތް މީހާއެވެ.
|
14
|
ގެއްލިއްޖެ އަބުރެއް
އަނބުރާ ނުލިބޭނެއެވެ.
|
ތިމާއަށް ކުރެވޭ
ގޯސްކަމެއްގެ ސަބަބުން ތިމާ ބަދުނާމު ވެއްޖެނަމަ ފަހުން އިސްލާހުވިއަސް ތިމާއަކީ
ރަނގަޅު މީހެއްގެ ގޮތުގައެއް ނުދެކޭނެއެވެ.
|
15
|
ފޭހުން އިލޮށިގަނޑު
ހެރޭނީ ފޭހުނު މީހާގެ ލޮލަށެވެ.
|
އެހެންމީހަކަށް
ކެއްސެއްދޭން ތިމާކުރާ ނުބައި ކަމެއްގެ ކެހި ލިބޭނީ ހަމަ ތިމާއަށެވެ.
|
16
|
ކަނބުރު ގެޔަކަށް
ވަނިއްޔާ އަޅި ބުރާނެއެވެ.
|
ނުބައި ކަމެއް ކުރާ
ބަޔަކާ އެއްކޮށް އުޅޭނަމަ ތިމާ އެފަދަކަމެއް ނުކުރިނަމަވެސް އަޑުއަރާނެއެވެ.
|
17
|
ދަލުބޭރުން ޖެހުން
|
ނުބެހޭކަންތައްތަކާ
ބެހިއުޅުން
|
18
|
މިރިނުވެ ގޮބޮޅި
ކާށިވުން
|
އަމިއްލައަށް
ބޮޑުވެގެން އުޅުން
|
19
|
ގިނި ދުންމީހާ
ރަތްމަލަށް ބިރުގަންނާނެއެވެ.
|
ކަމަކާ ބިރުގަންފިމީހާ
އެކަހަލަ ދެވަނަކަމެއް ފެނުމުންވެސް ބިރުގަންނާނެއެވެ.
|
20
|
ރުހުމުގެ ލޮލަކަށް
އައިބެއް ނުފެންނާނެއެވެ.
|
ތިމާ ހިތްއެދޭމީހާގެ
ކިބައިގައި ނުރަނަގަޅު ކަމެއްހުރި ކަމުގައިވިޔަސް އެކަންފާހަގައެއް
ނުކުރެވޭނެއެވެ.
|
21
|
ކުށްޅަވަށްފަލު
ރަނިންހެދުން
|
ތިމާގެ ފެންވަރު
ހަނދާންނައަތާލުން
|
22
|
ހަނދެއްފަދަ މޫނު
|
އެންމެ ފުރިހަމަ
|
24
|
އަހިފަތެއްހާ ލުއި
|
ވަރަށް ލުއި
|
25
|
ނެގިގާގަނޑަށް
ބޮލިއެރުން
|
ވަރިކުރިމީހާއާ ދެވަނަ
ފަހަރަށް އިނުން
|
26
|
އުތީމު ތިންބަދަވިން
|
ބާރުގަދަކަމާއި
ކުޅަދާނަކަން، ބަދަވިންނާއި އެއްފަދަކުރުން
|
27
|
ތެޔޮނާށި ކާޅު
ޖަހައިގަތުން
|
ހިތާވެގެންއުޅޭ
އަންހެންކުއްޖާ އެހެންމީހަކާއިނުން
|
28
|
އަތިރިމަތީގައި
ހޭލަމޭލައަށް އުޅުން
|
ކޮޅުކޮޅަށް
ހަރަކާތްތެރިވުން(މަސައްކަތުގައި އަވަދިނެތިއުޅުން)
|
29
|
ވާވަނުން
|
ވާނުވާ ނޭގުން
|
30
|
ހުން އަންނާނެކަމަށް
ރަޖާލުން
|
ކަމެއްދިމާވުމުގެ
ކުރިން އެކަމާ ކުރިމަތިލުން
|
31
|
ނަވަށް ކުރާބާރު
އެނގޭނީ ކެނބަށެވެ.
|
ކަމެއްގައިހުރި
ބުރަކަން އެނގޭނީ އެކަމެއްކުރާ މީހާއަށެވެ.
|
32
|
ކުކުޅަށްވުރެ ބިސްދޮށީ
ނުވާށެވެ.
|
ތިމާއަށްވުރެ
ބޮޑެތިމީހުންގެ މައްޗަށްބަސްނުބުނާށެވެ.
|
33
|
ކާންދޭ އަތުގައި
ދަތްނާޅާށެވެ.
|
ތިމާއަށް އެއްޗެހިދޭ
މީހާއަށް ގެއްލުން ނުދޭށެވެ.
|
34
|
ބޮއްކުރާދޮށަށް
އޮޑިއެއް ނުކަނބާނެއެވެ.
|
އަންހެން ކުދިން
ފިރިހެން ކުދިން ފަހަތަކުން ނުދާނެއެވެ.
|
35
|
އަޑެއް ކިއްޔާ ރެދެއް
ލާނެއެވެ.
|
ވާހަކައެއް ދެކެވޭނަމަ
އޭގައި ހަޤީޤަތެއް ވާނެއެވެ.
|
36
|
ނުރޯދަރިއަކަށް ކިރެއް
ނުލިބޭނެއެވެ.
|
ކަމެއް ކުރަން
ނޫޅޭނަމަ އެކަމެއް ނުވާނެއެވެ.
|
37
|
ކީހާ ޅެން ވީ
ފަރިއްސަށެވެ.
|
ކުރި ހުރިހާ ކަމެއް
ތާކުން ތާކު ނުޖެހުން
|
38
|
ވަޅި ރީތީ
ތޫނިއްޔާއެވެ.
|
އެއްޗެއް ރަނގަޅުވާނީ
އޭގެ ބޭނުން ރަނގަޅަށް ކުރެއްވެންޏާއެވެ.
|
39
|
އަނބި ރީތީ
ހެވިއްޔާއެވެ.
|
ބަލާލަން ހުތުރަސް
ފިރިމީހާއަށް ކޮށްދޭންޖެހޭ ހުރިހާކަމެއް ރަނގަޅަށް ކޮށްދިނުމެވެ.
|
40
|
އަލަގަހަކުން
ކެޔޮނިރެއް ނުފަޅާނެއެވެ.
|
ގޯސް އެއްޗަކުން
ރަގަނޅު އެއްޗެއް ނުނިކުންނާނެއެވެ.
|
41
|
ދުނިޔެ ހިނގާނީ ތޮށަލި
ދުޅަޔަށެވެ.
|
ދަތި ކަންކަމާއި ފަސޭހަކަންކަން
ދިމާވުމެވެ.
|
42
|
ނުމޮށޭ ގުރާ ބާރަށް
ދައިގަންނާނެއެވެ.
|
މަޑުން ތިބޭ މީހުން
ކުރާ ކަންތައްތައް މާ ނުރައްކާވާނެއެވެ.
|
43
|
ވަޑިން ގެޔަކު ދޮރެއް
ނުހުންނާނެއެވެ.
|
އެމީހަކު ކުރާ
މަސައްކަތަކާ ގުޅޭ ކަންތައްތައް އެގެއެއްގައި ފުރިހަމައެއް ނުވާނެއެވެ.
|
44
|
ނުބީހެންޏާ ކަނޑާ
ހަމައެވެ.
|
ނުބައި ކަމެއް
ކުރިއަސް ފަޅާނާރާ ނަމަ ރަގަނޅުވާނެއެވެ.
|
45
|
މެކުނު ފުމުނަކަސް
ގާހަކަޔަކަށް ނުފުމެވޭނެއެވެ.
|
މުއްސަދިން އުޅޭ
ގޮތަކަށް ފަގީރުންނަކަށް ނޫޅެވޭނެއެވެ.
|
46
|
ބޭރުންދާ އޮޑިޔަކަށް
ނިވަލެއް ނޯންނާނެއެވެ.
|
ތިމާ ބޭނުންވާ ކަމެއް ކުރެވޭނީ
އެކަމެއްގެ ވާހަކަ ބުނެގެންނެވެ.
|
47
|
ވަގަކަށް ހާސް ދުވަސް
ވެރިޔަކަށް އެއްދުވަސް
|
ކަމެއް ފާޅާއަރާނީ
އެކަމެއް ކުރާތާ ގިނަދުވަސްތަކެއް ވާ ފަހުންނެވެ.
|
48
|
ނުފިރުކެވެނީސް ދުވަން
ނޫޅޭށެވެ.
|
އެމީހަކަށް ކުރަން
ނޭނގޭ ކަންތައްތައް ކުރަން ނޫޅޭށެވެ.
|
49
|
ފޮތެއް އޮތަކަސް
އެދުރެއް ނުވާނެއެވެ.
|
ތިމާ އަތުގައި
ކިތަންމެ ވަޞީލަތެއް ހުރި ކަމުގައި ވިޔަސް އެއެއްޗެހީގެ ބޭނުން ކުރަން ނޭނގޭ
ނަމަ ތިމާއަކީ މޮޅުމީހަކަށް ނުވާނެއެވެ.
|
50
|
ކުކުޅު ފައިދަށުވެ
ފިޔޮއް މަރެއް ނުވާނެއެވެ.
|
ކަމެއް ރަގަނޅަށް
ދަންނަ މީހަކު އަތުން އެކަމެއް ގޯހެއް ނުވާނެއެވެ.
|
51
|
އަޑުގަދަމީހާގެ ރުއް
ގިނަވާނެއެވެ.
|
ކަންކަމާ އަޑުހަރުކޮށް
ކެރިގެން ވާހަކަދައްކާ މީހުން ބުނާގޮތަށް ގިނަފަހަރު ކަންތައްތައް ނިމޭނެވެ.
|
52
|
ނުފޯރާ ފޮތިން ފޫނުގަޅާށެވެ.
|
ތިމާއަށް ލިބޭ
މިންވަރަށް ވުރެ ބޮޑަށް ހަރަދު ނުކުރާށެވެ.
|
53
|
ދޭމީހާ ދިނަސް ކާމީހާ
ކާންވާނީ ބަލައިގެންެނެވެ.
|
އެހީވެދޭނެ މީހަކު
ހުރިކަމުގައިވެސް އެމީހާގެ ކިބައިން އަބަދު އެހީއަށް ނޭދޭށެވެ.
|
54
|
ތިމާޔާ ނުބެހޭ
ކަންކަމާ ކާޅުކެޔަސް ސޮއްނުގޮވާށެވެ.
|
ނުބެހޭ ކަންތައްތަކާ
ނުބެހޭށެވެ.
|
55
|
އެމީހެއްގެ ރޮނޑަކުން
ހަންދަމާނީ އެމީހަކު ދަމާނެ ކޮޅަކަށެވެ.
|
އެމީހެއްގެ ކަމެއް
ކުރާނީ އެމީހަކު އެދޭ ގޮތަކަށެވެ.
|
56
|
އަސްވިއްކިޔަސް ލަގަން
ނުވިއްކާށެވެ.
|
އަގުހުރި ބޭނުންތެރި
ތަކެތި ދޫކޮށްނުލާށެވެ.
|
57
|
ބެދޭ މަޅިއެއް
ނުފެންނާނެއެވެ.
|
އެމީހަކަށް ކުރެވޭ
ގޯސް ކަންތައްތަކެއް އެމީހަކަށް ނުފެންނާނެއެވެ.
|
58
|
ކަލާސީނަކަށް ނަވެއް
ބަލެއް ނުވާނެއެވެ.
|
ގޮތެއް
ހުހެއްނުވާނެއެވެ.
|
59
|
މަސްދުވާނީ ފެން
އޮތްތާގައެވެ.
|
ފައިސާވެރި،ތަނަވަސް
މީހުންގާތަށްދާ މީހުން ގިނަ ވާނެއެވެ.
|
60
|
ވަޅެއް ނުތެޅޭނޭ
ތެޅޭނީ ދާންޏެވެ.
|
ވެރިޔަކަށް ދެރަގޮތެއް
ނުހެދޭނެވެ. އަބަދުވެސް ބަދުނާމާއި ގެއްލުން ލިބޭނީ ދަށުން މަސައްކަތް ކުރާ
މީހުންނަށެވެ.
|
61
|
މީހުން މީހުންނަށް
ވާނީ މީހުންނަށް ހެދީމައެވެ.
|
ކަންކަން ކާމިޔާބު
ވާނީ އެހެންމީހުންގެ އެހީތެރިކަމާއެކުގައެވެ
|
62
|
ދިޔަވަރު ނުބަލާ އޮޑި
ބޭލުން.
|
އިރުވައި ނުބަލައި
ކަންތައްކުރުން.
|
63
|
އެއްއުރައެއްގައި ދެ
ކަނޑިއަކަށް ނުއޮވެވޭނެއެވެ.
|
ހަމަހަމަ
އެމަޤާމެއްގައި އެއްތަނެއްގައި ދެމީހަކަށް ހަމަޖެހިގެން ނޫޅެވޭނެވެ.
|
64
|
ރާވެރިއްގެ
ދަރިޔަކަށްވެސް ހަތަރެތިން އެކެތި އޮވެއެވެ.
|
ކިތަންމެ ދެރަ
މީހަކަށްވެސް ގޮތެއް އޮންނާނެއެވެ.
|
65
|
އެއްތުނޑި ވޮޑެންޏާ
އެނެއްތުނޑި ގިރާނެވެ.
|
އެއްބަޔަކު މަތީ
ފެންވަރަށް ދާއިރު އެނެއްބަޔަކު ނުވާހިކު ދެރަވެ ދަށު ދަރަޖާގައި ތިބޭނެވެ.
|
66
|
ބެޔަސް ނުބެޔަސް
ނަންވާނީ ހައިވަކަރު އޮޑިއަށެވެ.
|
ނަންވާނީ މަޝްހޫރު
މީހުންނެވެ. ( ނުރަނގަޅު ގޮތުގައި މަޝްހޫރުވެފައިވާ މީހަކުނަމަ އޭނާ ނުކުރާ
ކަންކަމުގެ ބަދުނާމުވެސް ބޮލުގައި އެޅޭނެވެ. ހަމަ އެފަދައިން ރަނގަޅު ގޮތުގައި
މަޝްހޫރުވެފައިވާ މީހުން ދަށްފެންވަރުގެ ކަންކަންކުރިޔަަސް ތަޢުރީފު ކުރާނެވެ.
|
67
|
އުނދުޅިޔަށްވުރެ ދަނޑި
ދިގު ނުވާނެވެ.
|
އެމީހަކާއި
އެކަށީގެންވާ ކަންތައްތަކަށްވުރެ އިތުރަށް ކަންކަމާ ނުބެހޭށެވެ.
|
68
|
އަތެއް އޮތަކަސް ބަތެއް
ނުކެވޭނެއެވެ.
|
ކަމެއް ކުރަން
ކިތަންމެ މޮޅަށް އެނގުނަސް އެކަމެއް ކުރެވޭނީ އެކަމެއް ކުރެވޭނެ ވަސީލަތްތައް
ލިބިގެންނެވެ.
|
69
|
ހިނިއަރާވެސް ފަރުފަދަ
ކަނޑައެވެ.
|
ހިތްވަރާއެކު
މަސައްކަތް ކޮށްފިނަމަ ކިތަންމެ ބޮޑުކަމެއްވެސް ކާމިޔާބު ވާނެއެވެ. (
ކުރާކަމެއްގެ އަސަރު ފެންނާނީގިނަދުވަހުންނެވެ. )
|
70
|
ލައްގާނީ ލައްގާ
ހުރަޔަށެވެ.
|
އަބަދުވެސް ލިބޭނީ
ލިބޭ މީހާ އަށެވެ.
|
71
|
ބަސްނުވިކޭ އޮޑީގެ
ދިރުނބާ ކޮޅަށް ނާރާށެވެ.
|
ތިމާގެ އަމުރު ނުހިނގާ
ގޮަތަށް ކަންކަމާ ހަވާލު ނުވާށެވެ.
|
72
|
ލަދަކާހުރެ ތަދެއް
ނުފިލާނެއެވެ.
|
ކަމެއް ކާމިޔާބުވާނީ
އެކަމަކާއި ކުރިމަތި ލައިގެންނެވެ.
|
73
|
ލަނޑަޔާވާނީ ލަނޑަޔާއެވެ.
|
އެމީހަކާއި ގުޅޭނީ
އެމީހެއްގެ މިޒާޖާއި ގުޅޭ މީހެކެވެ.
|
74
|
ކަންވެ ނަންނުވިޔަސް
ކަންނުވެ ނަންނުވާށެވެ.
|
ކުރިކަމެއްގެ
ނަންނުލިބުނަސް ނުކުރާ ކަމަކާއި މަތިނުވާށެވެ.
|
75
|
އިހަށްނުވި ރައްކަލެއް
ފަހަކުން ނުވެވޭނެއެވެ.
|
ކަމަކަށް ފުރަތަމަ
ނުވިސްނާ އެކަމާއި ކުރިމަތިލައިފިނަމަ އެކަމަކުން ސަލާމަތްވުން އުދަނގޫވާނެއެވެ.
|
76
|
މޫދު ގަލަކަށް
މަހެއްވެއެވެ.
|
ކޮންމެ މީހަކަށްވެސް
މީހަކުވާނެއެވެ.
|
77
|
ކަނޑަށްއަޅާ
އެއްޗެހީގެވެސް ހިސާބު ބަލައެވެ.
|
ކުރާ ކޮންމެކަމަކަށްވެސް
ޚަރަދުވާ މިންވަރު ބަލާށެވެ.
|
78
|
މީހުން އެނގޭނީ
އެއްއޮޑިން ދަތުރުކޮށްލީމައެވެ.
|
މީހެއްގެ ޙަޤީޤަތް
އެނގޭނީ އެމީހަކާއި އެކުގައި އުޅެލީމައެވެ.
|
79
|
ރިހޭފައިމައްޗަށް ފޮއި
ވެއްޓުން
|
ހިތާމައެއްގައި
ވަނިކޮށް އިތުރު ހިތާމައެއް ކުރިމަތިވުން
|
80
|
އާ ކުކުޅަކަށް
ގާބިހެއް އެޅުން
|
އަލަށް
ކަމެއްކުރެވިގެން އެވާހަކަ ދައްކާއުޅުން
|
81
|
ދަންބެރަށްވުރެ ތަގުޑި
ދިގުވުން
|
ކަމެއްގެ އަސްލު
ބޭނުމަށް ނުގޮސް ދިގުލާ ދެންމުން
|
82
|
އަތްނުލާ އައްދޮ
ކިޔުއްވުން
|
ކަމެއް ކުރާށޭ ނުބުނެ
އެކަމެއް އެމީހަކު ލައްވާ ކުރުވުން
|
83
|
ދަމައިގެން ކަނޑީގެ
މިޔަމައްޗަށް އައުން
|
ކަމެއްކުރަން އެންމެ އެކަށީގެންވާ ވަގުތުގައި އެތަނަކަށް
އައުން
|
84
|
ކޮނޑު އޮތް ފުރޯ
ވަލުން ހޯދުން
|
އަތުގައި އޮތްއެއްޗެއް
އެހެންތަނަކުން ހޯދުން.
|
85
|
މުގުރިންނަށް ވެސް
ކުން ކިޔެއެވެ.
|
ކިތަންމެ
މޮޅުމީހަކަށްވެސް ކުށެއް ކިއިދާނެއެވެ.
|
86
|
އެއް ދޮނުގައި ދެ ބުޅި
ޖެހުން
|
އެއްކަމެއް ކުރަން
އުޅުމުގެ ތެރޭގައި ދެކަމެއްގެ ފައިދާ ލިބިގަތުން
|
87
|
އެޅިހާ ބަތަކަށް ރިހަ
ވުން
|
ކޮންމެ ގޮތެއް
ވަރިހަމަ ވުން
|
88
|
ތަން އޮތްތާ
ގޮނޑިއެޅުން
|
އެއްޗެއް ލިބެން އޮތް
ވަގުތު އަވަހަށް އެ އެއްޗެއް އަތްދަށުލުން
|
89
|
ކަނދިކަމަނާގެ މަސް
ތެލުލުން
|
ކަން ނުކޮށް ނަންވާން
އުޅުން
|
90
|
މުޅި އޮޑީގައި
ހަސަނުގެ ދެފައި
|
ހުރިހާ ތަނެއްގައިވެސް
އެކެއްގެ ބާރު ހިނގުން
|
91
|
ބުރުދާ ގައިމުކުރުން
|
ޔަޤީން ކުރުން (
ކަމެއް ކުރިތޯ ބަލާ ޔަޤީން ކުރުން )
|
92
|
އިނބިލީހު
ކައިވެންޏަށް
|
ކަމެއް މާ ބޮޑަށް ދިގުލައިގެން
ގޮސް އެކަމެއް ނުވުން
|
93
|
ބަސަރާއަށް ކަދުރު
ވިއްކުން
|
އެއްޗެއް ގިނައިން
ލިބެން ހުރި ތަނަކަށް އެ އެއްޗެއް ވިއްކުން
|
94
|
ވަޅި ދުށްތާ ކާށި
ކެއުން
|
އެ އެއްޗެއް ފެނުމުން،
އޭގެ ބޭނުން ކުރުން
|
95
|
ވޮށިމަސްމިޔަރު
މަސްގަނޑަށް ބަލާހެން
|
އެއްޗަކަށް ދަހިވެތިވެ
ބެލުން
|
96
|
ކަޅިފުށީ ކަލޭގެ ޖެހި
ކޮކަޑި
|
ތާކުންތާކު ނުޖެހޭ
ގޮތަށް ލަނޑުދޭން އުޅުން
|
97
|
ހުވަފެނަކީ ބިލާހެއް
|
ޙަޤީޤަތެއް ނެތް
ކަންތައްތައް
|
98
|
މިރި ނުވެ ގޮބޮޅި
ކާށިވުން
|
މާ އަވަހަށް ފެންވަރު
އޮޅިގެން އުޅުން
|
99
|
އެއްގޮށްދުނބުރި
ފެޅުން
|
ކަމެއް ކާމިޔާބު
ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރުން
|
100
|
ރޯނުއެދުރު
|
މާ ބޮޑަށް
ކަންތައްތައް ދަންނަކަމަށް ހެދިގެން އުޅޭ މީހާ
|