ބަސް
މަރުވުމަށް މެދުވެރިވާ ސަބަބުތައް
ބަސްމޮށުންތެރިކަމުގެ
ނިޢުމަތް އިންސާނުންނަށް މިންވަރު ކޮށްދެއްވި ގަދަ ކީރިތި ވަންތަ ޖައްލަރައްބީއަށް
ޙަމްދު ތަޢުރީފާ ސަނާ ދަންނަވަން(.) އެންމެ ރިވެތިގޮތުގައި ބަސްބޭނުންކުރުމުގެ
ނަމޫނާ އުއްމަތަށް ދެއްކެވި ކައުސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހިއް
ވަސަލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން(.) މި ޞަލަވާތާއި
ސަލާމުގައި އިތުރު އެކަލޭނގެ ފާނުގެ އާލު އަޞްޙާބުންނާއި މިތުރު ޞަޙާބީން ޝާމިލް
ކުރަން(.) މުބާރާތް އިންސާފުކުރައްވާ އެދަރިވަރަކަށް ހައްޤު އުޖޫރަ ދެއްވަމުން
ގެންދަވާ ލޮބުވެތި ބަސްވާރުން(.) ބަހަށް ޤަދަރުކުރައްވާ މުބާރާތް އަޑުއެއްސެވުމަށް
ވަޑައިގެން ތިއްބެވި އެންމެހައި ޖަލީސުން(.) އަދި އަޅުގަނޑެކޭވެސް އެއްފަދައިން މުބާރާތުގައި
ވާދަކުރައްވާ އެކުވެރިން(.) އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު(.)
އާދެ، ކޮންމެ
ގައުމެއްގައި ދިރިއުޅޭ ބަޔަކުވެސް ކޮންމެވެސް ބަހަކުން ވާހަކަދައްކާނެ(.) އަދި ހަމަ އެހެންމެ ކޮންމެވެސް ބަހަކުން
ލިޔެކިޔުމުގެ މުޢާމަލާތްތައްވެސް ކުރާނެ(.) ނަމަވެސް ބަވަނަވަމުންދާ ދުނިޔޭގައި އެކި
ޤައުމުތަކުގައި ބޭނުންކުރާ ބަސްތަކަށް ތަފާތު އެކި އެކި ބަސްބަހުގެ ނުފޫޒު
އަންނަނީ ފޯރަމުން(.) މިކަމުގެ ސަބަބުން އެ ބަސްތަކަށް ދަނީ ތަފާތު ގޮންޖެހުންތަކާ
ކުރިމަތިވަމުން(.) ހީނުކުރާތަފަދަ ގިނަގުނަ ގެއްލުންތައް ދަނީ ބަރުދާސްތުކުރަމުން(.)
އާދެ އަޅުގަނޑަށް މިއަދު ވާހަކަދައްކަން ލިބިފައިވާ މަޢުޟޫއަކީ [ބަސް މަރުވުމަށް
މެދުވެރިވާ ސަބަބުތައް]
އާދެ، ސަބަބުތަކަށް ދިއުމުގެ ކުރިން ބަހެއް
މަރުވުމަކީ ކޮބައިތޯ ބަލައިލުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން(.)
ޝައްކެއްނެތް ގޮތުގައި ބަހެއް މަރުވުމުގެ އާއްމު މަފްހޫމަކީ އެ ބަހަކުން ވާހަކަ
ދައްކާނެ އެއްވެސް މީހަކު ނެތުން(.)
ނުވަތަ އެ ބަހަކުން ވާހަކަދައްކާ އުޅޭ އެންމެން މަރުވުން(.) މިގޮތުން އޮސްޓްރޭލިޔާގެ 5000 މީހުންގެ އާބާދީއެއް އޮތް ޓެސްމޭނިޔާގެ
މުސްކުޅިރަށްވެހީން ބޭނުންކުރި ބަސް 75 އަހަރުތެރޭ ވަނީ ނެތިގެން ގޮއްސަ(.) މިގޮތުން ބަލާއިރު ބަހެއް މަރުވެގެން ދިއުމަށް
މެދުވެރިވާ ސބަތައް ވަރަށް ގިނަކަމަށް ބަސްދިރާސާކުރައްވާ ބަސްވާރުން ދަނީ
ހާމަކުރައްވަމުން(.)
ބަހެއް މަރުވުމަށް މެދުވެރިވާ އެއް ސަބަބަކީ އެބަޔަކު
ވާހަކަދައްކާ ބަހަކާ، އެހެން ބަހެއް މަސްހުނިކޮށް ވާހަކަދެއްކުން(.) އެބަޔަކު
ވާހަކަދައްކާއުޅޭ ބަހުގެ ތެރެއަށް އެހެން ބަސްބަހުގެ ލަފުޒުތައް އެއްކޮށްގެން
ވާހަކަދެއްކުން(.) މިއަދުގެ ތަހުޒީބު މުޖުތަމަޢުގައި މިކަމަކީ ފެޝަނެއްގެ
ގޮތުގައިވެފައިވާ ވަރަށް އާއްމުކަމެއް ކަމުގައި ދަންނަވަންޖެހޭ(.) އަޅުގަނޑުމެންގެ
މި ކުޑަކުޑަ ދިވެހި ރާއްޖެއިން ވެސް މިމަންޒަރު ފެންނަމުންދާކަން ހިތާމައާއެކު
ފާހަގަ ކޮށްލަންޖެހޭ(.) ވާހަކަދައްކާ އިރު ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިކޮށް
ގެން ވާހަކަ ދައްކާ ކުދިންނާއި މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް
އިތުރުވަމުން(.) އައި، ބުނީ... ޔޫމެން ގެއަށް އައި ގޮސްލުން...ފަދަ ލަފުޒުތައް
ބޭނުން ކުރުންވަނީ ޚާއްޞަ ކޮށް ޒުވާނުންގެ އަތްމަތީ ކަމަކަށްވެފައި(.) މި ކުރެވެނީ
ކިހާވަރެއްގެ ކަމެއްކަމާމެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން މަދުމީހެއް(.)
ނަމަވެސް މިގޮތަށް ދެބަސް އެއްކޮށްގެން ވާހަކަދެއްކުމުގެ ނަތީޖައަކީ އެބައެއްގެ
ބަސް މަރާލުމަށް ކޮށޭ މަގަކަށް ވެގެންދިއުން(.) ބަސް މަރުވުނމަށް ފުރުޞަތު
ދިނުން(.)
މީގެ އިތުރުންވެސް އައްމިއްލަ
ބަހަށްވުރެ އެހެން ބަސްބަހަށް އިސްކަން ދީ އެބަސްތައް ގިނައިން ބޭނުން
ކުރުމަކީވެސް ބަސް މަރުވުމަށް މެދުވެރިވާ މުހިއްމު ސަބަބެއް(.) އެބައެއްގެ ތެރޭގައި
ކުރެވޭ މުޢާމަލާތްތަކާއި އިސްކޫލު މަދަރުސާތަކުގައި ކިޔަވައިދޭ މާއްދާތަކުގައި
އެބައެއްގެ ބަހަށްވުރެ އެހެންބަހަކަށް އިސްކަން ދިނުމަކީ ބަސް ނެތިދިއުމަށް ހުޅުވިގެންދާ
ދޮރެއްކަމުގައި ދަންވަންޖެހޭ(.) މިކަމުގައިވެސް އަޅުގަނޑުމެންގެ މި ރާއްޖެވަކި
އިސްތިސްނާ ވެގެނެއް ނުދޭ(.) ދަރިވަރުން ކިޔަވާ ގިނަމާއްދާތައް ކިޔެވުމުގެ
ފުރުޞަތު ފަހިކޮށްދެވިފައިވަނީ އިނގިރޭސިބަހުން(.) ނަތީޖާއަކަށް ވެގެންދަނީ
އަމިއްލަ ބަހުގެ މުހިއްމުކަން ދަރިވަރުންގެ ހިތްތަކުންވެސް ފޮހެވިގެން ދިއުން(.)
ހަމަ އެހެންމެ ކިޔަވަން ފޮނުވާ އެންމެ ތުއްތު ކުއްޖާއަށް ވެސް އަޅުގަނޑުމެންނަށް
ދަސްކޮށްދެވޭތޯ ބަލަނީ މާދަރީބަސް ނޫން އެހެން ބަހެއް(.) ބޮޑު ޚަރަދުކޮށް، އެކި ތަންތަނަށް
ފޮނުވައިގެންވެސް ބެލެނިވެރިންނަށްވެސް މަސައްކަތް ކޮށްދެވެނީ މިދެންނެވި
ބީދައިން(.) ހަމަ އެފަދައިން ވަޒީފާތަކަށާއި ތަފާތު ކޯސްތަކަށް ކުރިމަތި
ލުމުގައިވެސް ޝަރުޠެއްގެ ގޮތުގައި އަމިއްލަބަށްވުރެ އެހެންބަސްތަކަށް އިސްކަން
ދެވިފައި ހުންނަތަން ފެނުމަކީވެސް މިއަދުގެ މުޖުތަމަޢުތަކުން ފެންނަމުންދާ
ޙަޤީޤަތެއް(.) އެހެންކަމުން މިގޮތަށް އަމިއްލަ ބަސްނޫން އެހެން ބަސްތަކަށް
ސަމާލުކަން ދިނުމުގެ އާޚިރު ނަތީޖާއަކީ އެ ބައެއްގެ ބަސް މަރުގެން ދިއުން(.)
އެބަހުން ވާހަކަދައްކާނެ މީހުން މަދުވެ ނެތިގެން ދިއުން(.) ކަންމިހެން އޮތުމާއެކު
މިއީ ވެސް ބަސް މަރުވުމަށް މެދުވެރިވާ ސަބަބެއްކަން ޤަބޫލުކުރަންޖެހޭ(.)
ބަވަނަވެ
ފައިވާ ދުނިޔޭގައި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި އެކަކު އަނެކަކަށް މުޢާމަލާތުކޮށް، މުޢާމަލާތު ކޮށް ހެދުމަކީ ވަރަށް ފަސޭހަކަމަކަށް މިވަނީ
ވެފައި(.) ވަރަށް އާއްމުކަމަކަށް މިވަނީ ވެފައި(.) ނަމަވެސް މުޢާމަލާތު ކުރުމުގެ ވަސީލަތް ތައް ބޭނުން
ކުރުމަށް އެ ވަސީލަތެއް ގައިވާ ބަހެއް ދަސްކުރަން ޖެހޭ(.) އެފަދަ
އުފެއްދުންތަކުގައި އާއްމުކޮށް ހުންނަނީ އެ އުފައްދާ ބައެއްގެ މަސްމަގު(.)
ނަތީޖާއެއްގެ ގޮތުން އެފަދަ ވާސިލަތެއްގައިވާ ބަހެއް ބޭނުން ކޮށްގެން ވާހަކަދައްކާ
މުޢާމަލާތު ކުރުމުގެ ސަބަބުން އެމީހެއްގެ އަމިއްލަ ބަހަށް ކޮށިވެގެން ދޭ(.)
އެހެންކަމުން ޒަމާނަށް އަންނަ ބަދަލާ އެއްވަރަށް އެ ބައެއްގެ ބަސް ތައްޤީކޮށް
ކުރިއަރައި ނުދިއުމަކީވެސް އެކަމުގެ ސަބަބުން ބަހަށް ނުރަނގަޅު އަސަރުކުރާ
ކަމެއްކަން ހާމަވޭ(.) މި ކަމުގެ ސަބަބުން
ވެސް ބަސްމަރުވެގެންދިއުމަށް އެހީއަކަށް ވެގެންދޭ(.)
އިސްވެ
ބަޔާންކުރެވުނު ކަންތައްތަކުން އެނގި ހާމަވެގެންދަނީ، ވާހަކަ ދެއްކުމުގައި ބަސް
މަސްހުނިކޮށް ގެން ބޭނުންކުރުމަކީ ބަހެއް މަރުވުމަށް މެދުވެރިވާ ސަބަބެއްކަން(.)
އެބައެއްގެ ބަހަށްވުރެ އެހެން ބަހަކަށް އިސް ކަން ދިނުމަކީ ބަހެއް ނެތިދިއުމަށް
ކޮށާލެވޭ މަގެއްކަން(.) އަދި ހަމަ އެހެންމެ މުޢާމަލާތްކޮށް، މުޢާޞަލާތު ކުރުމަށް
ބޭނުން ކުރާ ވަސީލަތުގެ ސަބަބުން އަމިއްލަ ބަހަށް ކޮށި ވުމަކީ ބަސް މަރުވުމަށް
މެދުވެރިވާ ކަމެއްކަން(.) އެހެން ކަމުން އަޅުގަނޑު ގެ ދުޢާ އަކީ ދިވެހިން ނަކީ
ބަސް މަރުވިޔަ ނުދީ ދެމެހެއް ޓުމަށް ގަދަ އަޅާ މަސައްކަތް ކުރާ ބަޔަކައް ވުން(.) އަޅުގަނޑު ނިންމަމުން ބުނެލަން ބޭނުން ވަނީ :
މާދަރީބަސް ގެއްލިގެން ދިޔަ ނުދިނުމަށް އެއްބާރުލާ
ވާދަކޮށް
ތެދު ނިޔަތުގައި ހިތަވަރުކުރަން ފަށަމާ ބަހީ
ވައްސަލާމްޢަލައިކުމް ވަރަހް މަތުﷲ ވަބަރަކާތު.
No comments :
Post a Comment