ބިނާކުރަނިވި ފާޑު ކިޔާށެވެ. ފަނާކުރަނިވި އާޑަ
ނުކިޔާށެވެ.
މަގޭ ގަހުގައި އަޅާ މިރުސް މަށަށް ކުޅިވާނެ އެވެ.
ތަންކޮޅެން ދޮންވަންދެން ހުއްޓައި އެހެން މީހަކު
ބިނދެލަފާނެ އެވެ.
ޙަޤީޤަތް ފަހުން ކިޔާދީފައި ރުއިމަށް ވުރެ، ކުރިން
ކިޔާދީފައި އެހީވުން މާ ރަނގަޅެވެ.
ސުވަރުގެ ލިބުން އެދޭ ނަމަ، މަންމަގެ ރުހުން އެދޭށެވެ.
އަސްކެނިމަތިން ހަނދާންވާނީ ވާރޭވެހެން ފެށުމުންނެވެ.
ޤާނޫނެކޭ ފާރޮށްޓެކޭ އެއްގޮތެވެ. ހެދެނީ ބަޔަކު
އެކުވެގެންނެވެ. އެކަކަށް ވެސް މުގުރާލެވިދާނެ އެވެ.
ބާރުގަދަ ލޯތްބެއް ހޯދިދާނެ އެވެ. ގަދަބާރުން ލޯތްބެއް
ނުހޯދޭނެ އެވެ.
ޒާތީހަސަދަ އަކީ، އޯގާތެރިކަން ކޮށާ ކުދިކުރާ ވަޅި އެވެ.
ހިތް ނުބައި ދުސްމިނަކަށް ވުރެ، އަޑިނުބައި
އެކުވެރިއަކު މާ ނުރައްކާތެރި އެވެ.
އެކި ކުލަ ނަގައިގެން ކުލަ ޖައްސާށެވެ. ވަކި ކުލައެއް
ޖެހިގެން ދޭތެރެ ނުޖައްސާށެވެ.
އަހަރުމެން ނަމެއް ނުލިޔޭ ޖެހީ ކަޅު ފާހަގައެއް. އެ
މީހުން ކަމެއްނުކުރޭ ދައްކަނީ މޮޅު ވާހަކައެއް.އަދަބީ
ބަސް 2013-2017 ©
No comments :
Post a Comment